މާލެ: 31°C

އަލީ ގޯނީ ދެވަނަ ފަހަރަށް އުމްރާވެއްޖެ

March 16, 2024
4 ފަހަރު ބަލާފައި
އަލީ ގޯނީ ދެވަނަ ފަހަރަށް އުމްރާވެއްޖެ
އަލީ ގޯނީ ދެވަނަ ފަހަރަށް އުމްރާވެއްޖެ
އިންޑިއާގެ ޓީވީ ސީރިއަލްތަކުން ބޮޑު މަގްބޫލު ކަމެއް ހޯދި އަލީ ގޯނީ އަނެއްކާ ވެސް އުމްރާވެއްޖެއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ވެސް އުމްރާ އަދާކުރުމަށް މައްކާއަށް ގޮސް އޭނާގެ ފޭނުންނަށް ޕޮޓޯ ހިއްސާކޮށްފައިވާއިރު މިއަހަރު ވެސް އަލީ ވަނީ އޭނާގެ އިންސްޓަގްރާމްގައި އަޅުކަން އަދާކުރަން ގޮސް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ޕޮޓޯތަކުން ފެންނަނީ އިހްރާމް ބަންދެގެން އޭނާ ކާބާގެ ކުރިމަތީގައި ހުއްޓިގެން ހުންނަ މަންޒަރެވެ. އަދި ދެވަނަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނީތީ އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް އަލީ ވަނީ ފޮޓޯ ހިއްސާކުރަމުން ބުނެފައެވެ. އުމުރުން 33 އަހަރުގެ އެކްޓަރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މުހައްބަތޭ"، "ޔެ ކަހާ އާ ގައޭ ހަމް"، "ބަހޫ ހަމާރީ ރަޖްނީ ކަންތު" ގެ އިތުރުން "ނާގިން 3" ހިމެނެއެވެ. އޭގެ އިތުރުން، އޭނާ ބައިވެރިވި ރިއަލިޓީ ޝޯތަކުގެ ތެރޭގައި ކަލާސް ޓީވީގެ "ހަތުރޯން ކޭ ކިލާޅީ 9"، އެމްޓީވީގެ "ސްޕްލިޓްވިލާ 5" އަދި ސްޓާ ޕްލަސްގެ "ނަޗްބަލިއޭ 9" ހިމެނެއެވެ. ޓީވީ ސްކްރީނުން ދުރައްޖެހިފަައިވީ ނަމަވެސް އަލީ އަންނަނީ އޭނާގެ ސޯޝަލް މީޑިއާގެ އެކަންޓްތައް މެދުވެރިކޮށް އޭނާގެ ސްޕޯޓަރުން އެންޓަޓެއިން ކުރަމުންނެވެ. "ޖީތު ކީ ޒިދު" ކިޔާ ވެބް ސީރީޒެއް ވެސް ކުޅެފައިވާ އަލީ ދާދީ ފަހުން ވަނީ ބައެއް ވީޑިއޯ ލަވަތަކުން ވެސް ފެނިފައެވެ. ކަޝްމީރަށް ނިސްބަތްވާ އަލީ އަކީ "ބިގް ބޮސް 14" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ. އެ ޝޯގެ ޒަރިއްޔާއިން އޭނާގެ ކެރިއަރަށް ލިބުނު ބޮޑެތި ކުރިއެރުމުގެ އިތުރުން އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓީވީ ބަތަލާ އަދި ޕަންޖާބީ ފިލްމުތައް ކުޅޭ ޖޭސްމިން ބާސިން އާ ދިމާވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ