މާލެ: 31°C

އަކްޝޭގެ 'އޯމައިގޯޑް 2' ނެރޭ ތާރީހު އިއުލާންކޮށްފި

June 9, 2023
2 ފަހަރު ބަލާފައި
އަކްޝޭގެ 'އޯމައިގޯޑް 2' ނެރޭ ތާރީހު އިއުލާންކޮށްފި
އަކްޝޭގެ 'އޯމައިގޯޑް 2' ނެރޭ ތާރީހު އިއުލާންކޮށްފި
'އޯ މައި ގޯޑް 2' ސިނަމާތަކަށް ރިލީޒްކުރާނީ 2023 އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ކަމަށް އަކްޝޭ ކުމާރު އިއުލާން ކޮށްފިއެެވެ. އޯ މައި ގޯޑް 2 ގެ ލީޑް ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރާއި ޔާމީ ގައުތަމް އަދި ޕަންކަޖް ޓްރިޕާތީ އެވެ. 2012 ވަނަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރާއި ޕަރޭޝް ރާވާލް ލީޑް ރޯލުން ފެނިގެންދިޔަ ކޮމެޑީ ފިލްމު އޯ މައި ގޯޑް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ހިޓަކަށް ވެގެން ދިޔައެވެ. 11 އަހަރު ފަހުން އޯ މައި ގޯޑްގެ ކާމިޔާބީއަށް ފަހު އަކްޝޭގެ ސޯޝަލް ކޮމެޑީ އޯ މައި ގޯޑް 2 މިވަނީ އިއުލާންކޮށްފައެވެ.  ހިންދޫ ދީނުގެ ބައެއް ކަންކަމަށް ހަޖޫ ޖަހާ މިފިލްމުގައި އަކްޝޭ ފެނިގެން ދަނީ ތަފާތުގޮތަަށެވެ. މިހާތަނަށް ފިލްމުގެ ޕޯސްޓަރުތަކުން ފޭނުންނަށް ފުދޭވަރަކަށް ޝައުގުވެރިކަން އުފެދިފައިވާ ކަމަށް ރިޕީޓުތައް ބުނެއެވެ. އަކްޝޭ  ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު ގައި އާ ޕޯސްޓަރެއް ހިއްސާކޮށް، އަދި ފިލްމު ސިނަމާގައި ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ