އަޖޭގެ ފުރަތަމަ ސުޕަނެޗްރަލް ތްރިލާ، ޝޫރިންގ ޖޫން މަހު

އަޖޭގެ ފުރަތަމަ ސުޕަނެޗްރަލް ތްރިލާ، ޝޫރިންގ ޖޫން މަހު
ލިޔުން:
ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން، އޭނާގެ ފުރަތަމަ ސުޕަނެޗްރަލް ތްރިލާއަށް ސޮއިކޮށްފިއެވެ.
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ މި ފިލްމަށް އަދި ނަމެއް ފާސްކޮށްފައެއް ނުވެއެވެ. "އަޖޭ ދޭވްގަން އެފްފިލްމް އެންޑް ޕެނަރަމާ ސްޓޫޑިއޯސް" ގެ ދަށުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރުންނަކީ އަބީޝެކް ޕަތަކާއި އޭނަގެ ބައްޕަ ކުމާރު މަންގަތު ޕަތަކް އެވެ. އަދި މި ފިލްމަކީ އަޖޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށް ހަދަން ނިންމާފައިވާ ފިލްމެކެވެ.
2000 ގެ އަހަރުތަކުގައި އަޖޭ ގިނައިން ފެނިގެން ގޮސްފައިވަނީ ބިރުވެރި ފިލްމްތައް ކަމަށްވާ ރާމް ގޯޕާލް ވަރްމާގެ "ބޫތް" އަދިި ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން "ކާލް" ފަދަ ފިލްމުތަކުންނެވެ. ނަމަވެސް މިހާރު އޭނާ ވަނީ ވިކާސް ބާލްއާ ގުޅިގެން ފުރަތަމަ ފަހަރަށް ސުޕަނެޗްރަލް ތްރިލާއެއްގައި މަސައްްކަތް ކުރުމަށް ނިންމާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހު ޝޫޓިން ފަށާ މި ފިލްމްގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ މުމްބައި، މަސޫރީ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
މިސުޕަނެޗުރަލް ތްރިލާއަކީ އަޖޭ ލީޑް ރޯލަކުން ފެނިގެންދިޔަ "ޑްރިޝަމް 2" ގެ ކާމިޔާބީއަށް ފަހު ޕެނަރަމާ ސްޓޫޑިއޯސްއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
އަޖޭގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްކޮށް، ކުޅުނު އަދި މާޗްގައި ރިލީޒްކުރި "ބޯލާ" އެވެ. ދެން އެންމެ އަވަހަށް އޭނަ ފެންނާނީ އަންނަ މަހަށް ތާވަލުކޮށްފައި އޮތް "މައިދާން" އިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
