އަހަރެންގެ ފޮޓޯތައްވެސް ފުލުހުން ލީކުކުރި: ހުނޭޝާ

އަހަރެންގެ ފޮޓޯތައްވެސް ފުލުހުން ލީކުކުރި: ހުނޭޝާ
ލިޔުން:
މަޝްހޫރު ޓިކްޓޮކް ތަރި ހުނޭޝާ އާދަމް ނަސީރު ގެ ފޯނުގައި ހުރި އޭނާ ގެ ޒާތީ ފޮޓޯ ތަކެއްވެސް ފުލުހުން ލީކު ކުރި ކަމަށް އޭނާ ބުނެފި އެވެ.
އޭނާ މިހެން ބުނެފައި ވަނީ މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރިޝްފާގެ ޒާތީ ފޮޓޯ ތަކެއް ފުލުހުން ލީކުކޮށްފައިވާ ކަމަށް ބުނެ ރިޝްފާ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ.
އެ ސްޓޭޓަސް ގައި ރިޝްފާ ބުނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ކޯޓުން އެގޮތަށް އަމުރުކުރުމުގެ ސަބަބުން އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނަށް ދިން ކަމަށެވެ. އަދި އޭގެ ފަހުން އެ ފޯނުގައި ހުރި އޭނާގެ ޒާތީ ފޮޓޯތައް ފުލުހުން ލީކުކޮށްލި ކަމަށް މި ޕޯސްޓްގައި އޭނާ ބުންޏެވެ. ރިޝްފާގެ މި ސްޓޭޓަސްއަށް އެންމެ ފުރަތަމަވެސް ކޮމެންޓްކުރީ ހުނޭޝާއެވެ. ހުނޫގެ ކޮމެންޓްގައި ބުނެފައިވަނީ ފުލުހުން އޭނާގެ ފޯނު ވެސް ނެގުމަށް ހަމަ އެގޮތަށް ކަންތައް ކޮށްފައިވާ ކަމަށެވެ.
ރިޝްފާގެ ތުހުމަތު ތަށް ދޮގުކޮށް ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. އަދި ފުލުހުން ބުނީ ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ރިޝްފާއާ ހުނޭޝާ ހައްޔަރުކުރީ މަސްތުވާތެތެކި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ ހެންވޭރު ގެއެއްގެ ތެރެއިންނެވެ. އޭގެ ކުރިންވެސް މަސްތުވާތެކަތެކީގެ އެހެން މައްސަލައެއްގައި ހުނޭޝާ ބަންދުކުރިއެވެ. އޭނާގެ މައްޗަށްވަނީ ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
