މާލެ: 31°C

އަހަރަކު އެއް ފިލްމަށް ވުރެ ގިނައިން ކުޅޭކަށް ބޭނުމެއްނޫން: އަނުޝްކާ

May 28, 2023
2 ފަހަރު ބަލާފައި
އަހަރަކު އެއް ފިލްމަށް ވުރެ ގިނައިން ކުޅޭކަށް ބޭނުމެއްނޫން: އަނުޝްކާ
އަހަރަކު އެއް ފިލްމަށް ވުރެ ގިނައިން ކުޅޭކަށް ބޭނުމެއްނޫން: އަނުޝްކާ
އަހަރަކު އެއް ފިލްމަށް ވުރެ ގިނަ ފިލްމް ކުޅޭކަށް ބޭނުމެއް ނުވާ ކަމަށް އިންޑީއާގެ ބޮލީވުޑް މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ ބުނެފިއެވެ. އޭނާ މިހެން ބުނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ކަމީކާ ގާތުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ ކަމަށެވެ. އަދި މިއީ ދަރިފުޅަށް އޭނާ އެންމެ ބޮޑަށް ވަގުތު ދޭން ޖެހޭ އުމުރު ކަމަށްވުމާ އެކީ ފިލްމީ މަސައްކަތުގައި އެހާ ބުރަކޮށް އުޅެން ބޭނުން ނުވާތީ ކަމަށެވެ. ބެންގަލޫރުގައި ބޭއްވި ޕޫމާ އިވެންޓެއްގައި ވާހަކަ ދައްކަމުން އަނުޝްކާ ބުނީ އޭނާގެ ފިރިމީހާ ވިރާޓް އަކީ ރަނގަޅު ބައްޕައެއް ނަމަވެސް ދަރިފުޅު އެ އުމުރުގައި ބޮޑަށް ބޭނުންވަނީ އަނުޝްކާ އާއިއެކު ވަގުތު ހޭދަކުރަން ކަމަށެވެ. އެހެންކަމުން، އޭނާ ބުނީ އެކްޓިން އަށް ލޯބި ކުރިކަމުގައި ވިޔަސް ދަރިފުޅު ވަކި އުމުރަކަށް ދަންދެން ކުރިން ކުޅުނު ގޮތަށް މާ ގިނަ ފިލްމުތަކެއް ކުޅެން ބޭނުން ނުވާ ކަމަށެވެ. "އެހެންވެ އަހަރެން ބޭނުންވަނީ ދެން އަހަރަކު ފިލްމެއްގައި މަސައްކަތް ކުރަން. އަހަރެންގެ ފާސަނަލް ލައިފް އާ ވޯކް ލައިފް ބެލެންސްކުރަން. އާއިލާ އަށް ގިނަ ވަގުތު ދޭން." ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ބުންޏެވެ. އަނުޝްކާ ބުނީ ވިރާޓް ވެސް އާއިލާއަށް ވަގުތު ހުސް ކުރާ ކަމަށާއި އަދި އޭނާ އެކްޓަރެއްގެ ގޮތުގައި ވިޔަސް، ޕަބްލިކް ފިގާއެއްގެ ގޮތުގައި ވިޔަސް، މަންމައެއްގެ ގޮތުގައި ވިޔަސް އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ސާބިތުކޮށްދޭން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ހަމައެކަނި ބޭނުންވަނީ އޭނާއަށް އުފާވެރިކަން ލިބޭ ކަންތައްތައް ކުރުމަށާއި ދަރިފުޅާއި އާއިލާއަށް ރަނގަޅު ގޮތް މެދުވެރިވުން ކަމަށެވެ. ޝާހްރުކް ހާންގެ 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކާ އެކީ ކުޅުނު 2018 ގެ "ޒީރޯ" އެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ "ޗަކްދާ އެކްސްޕްރެސް" އިންނެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން އަނުޝްކާ ފެނިގެންދާ އެ ފިލްމްގެ ރިލީޒް ޑޭޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ