ހަނި ފުރުސަތެއް އޮތް މިސްރު އެފްރިކަން ކަޕް އޮފް ނޭޝަންގެ ދެވަނަ ބުރަށް ދިޔައީ އަޖައިބެއް ކަހަލަ ގޮތަކަށް

ހަނި ފުރުސަތެއް އޮތް މިސްރު އެފްރިކަން ކަޕް އޮފް ނޭޝަންގެ ދެވަނަ ބުރަށް ދިޔައީ އަޖައިބެއް ކަހަލަ ގޮތަކަށް
ލިޔުން:
އެފްރިކާގެ ގައުމުތަކުގައި ކުޅެވޭ އެނެމް ބޮޑު އަދި ވާދަަވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ އެފްރިކަން ކަޕް އޮފް ނޭޝަން ގެ ދެވަނަ ބުރަށް އަޖައިބުކުރުވަނިވި ގޮތަކަށް މިސްރު ދަތުރުކޮށްފިއެވެ.
އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ގްރޫޕްބީގެ ފަހު މެޗްތަކުގައި މިސްރާއި ކޭޕް ވާޑޭ ނުވަތަ ރިޕަބްލިކް އޮފް ކާރބޯ ވާޑޭ ބައްދަލުކުރި މެޗަށް ދެ ޓީމް ނުކުތް އިރު ޕޮއިންޓް ޓޭބަލް އޮތްގޮތުން މިސްރަށް އޮތީ ހަނި ފުރުސަތެކެވެ.
އެފްރިކާގެ ކުޑަ ގައުމެއްކަމަށްވާ ކޭޕް ޥާޑޭ މި މެޗަށް ނިކުތް އިރުވެސް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިސްރަށް އޮތް ފުރުސަތަކީ މި މެޗް ކާމިޔާބުރުމެވެ. ހަމައެކަނި ކާމިޔާބު ކުރުމަކުން ވެސް ނުފުދެއެވެ. އެގްރޫޕްގެ އަނެއް މެޗްގައި ވާދަވެރި ގާނާ އާއި މޮޒެމްބީގް ބައްދަލުކުރާ މެޗްގެ ނަތީޖާއަށް ބަލަން ޖެހެއެވެ.
މިސްރުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު ސަލާހް އަނިޔާގެ ސަބަބުން ނުލާ ކުޅުނު މި މެޗްގައި ކޭޕް އިން ލަނޑެއް ޖަހާފައި ވަނިކޮށް މިސްރުން ދެލަނޑުޖަހާ މެޗް ކާމިޔާބުކުރަން ދަނިކޮށް މިސްރުގެ އުންމީދު ގެއްލުވާލީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެވެސް ފަހު ވަގުތު ކޭޕް އިން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.
މި ނަތީޖާއާއި އެކު މިސްރު މުބާރާތުން ކަޓާނެކަން ގާތްގަނޑަކަށް ޔަގީންވީ ގްރޫޕްގެ އަނެއް މެޗްގައި ގާނާއިން މޮސެމްބީގް ކޮޅަށް 2 ލަނޑުޖަހާ މެޗް ނިމެން ގާތްވެފައިވުމުންނެވެ. ނަމަވެސް މިސްރުގެ ނަސީބު އަތުގައި ހިފީ އެ މެޗްގެ އިތުރު ވަގުތުގައި މޮޒެމްބީގް އަށް ލިބުނު ޕެނެލްޓީ ކާމިޔާބު ކުރުމުންނެވެ. އެ ލަނޑާއެކު މޮޒެމްބީގް އަށް ލިބުނު ހިއްވަރުގައި ކުޅުން އިތުރަށް ރަނގަޅުކޮށް އޭގެ އެންމެ 4 މިނެޓްފަހުން ދެވަނަ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.
މި ނަތީޖާގެ ސަބަބުން ގާނާ މުބާރާތުން ކަޓައި މިސްރަށް ދެވަނަ ބުރުން ޖާގަ ލިބުނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
1957 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ކޮންމެ ދެއަހަރަކުން އެއް އަހަރު އޮންނަ މުބާރާތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
