މާލެ: 31°C

އެފްރިކާގެ ޗެމްޕިއަންކަން އައިވަރީކޯސްޓަށް

February 12, 2024
14 ފަހަރު ބަލާފައި
އެފްރިކާގެ ޗެމްޕިއަންކަން އައިވަރީކޯސްޓަށް
އެފްރިކާގެ ޗެމްޕިއަންކަން އައިވަރީކޯސްޓަށް
އެފްރިކާގެ އެންމެ ޝަރަފްވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އައިވަރީ ކޯށްޓުން ހޯދައިފިއެވެ. އައިވަރީ ކޯސްޓުން މި މުބާރާތް ކާމިޔާބުކުރީ ރޭ ކުޅެވުނު އެ މުބާރާތުގެ ފައިނަލް މެޗްގައި ނައިޖީރިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. އަމިއްލަ ގަުމުގައި ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި އައިވަރީ ކޯސްޓުން ވަނީ އެގައުމުގެ ސަޕޯޓަރުން އުފާވާފަދަ މޮޅުކުޅުމެއްދައްކާ މުޅި މެޗް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑްނެގީ ނައިޖީރިއާއިންނެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފްގެ 38 ވަނަ މިނެޓްގައި ޑިފެންޑަރ ވިލިއަމް ޓްރޫސްޓް އެކޮންގ އެވެ. މި ނަތީޖާއާއި އެކު ދެވަނަ ހާފްގައި އައިވަރީ ކޯސްޓުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 62 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރ ފްރޭންކް ކެސީ އެވެ. ކުރިން ބާސެލޮނާއަށްވެސް ކުޅުނު ކެސީގެ ފަރާތުން ރޭގެ މެޗްގައި ވަނީ ތަފާތު މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗްކާމިޔާބު ކޮށްދިން ގޯލް އައިވަރީ ކޯސްޓަށް ކާމިޔާބު ކޮށްދިނީ 81 ވަނަ މިނެޓްގައި އިތުބާރުފޯވާޑް ސަބަސްޓިއަން ހޮލަރ އެވެ. ޖަރމަންގެ ބުރޫޝިޔާ ޑޯޓްމުންޑަށް ކުޅޭ ހޮލަރ ވަނީ ރޭގެ މެޗްގައި ނައިޖީރިއާގެ ގޯލަށް އެތައްފަހަރަކު ނުރައްކާ ކޮށްފައއެވެ. މި ނަތީޖާއާއި އެކު މިއީ އައިވަރީ ކޯސްޓުން އެފްރިކާގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިޖީރިއާގެ ޑިފެންޑަރ ވިލިއަމް ޓްރޫސްޓް އެކޮންގ އެވެ. މީގެ 67 އަހަރުކުރިން 1957 ގައި ފެށުނު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މިސްރެވެ. އެޓީމުންވަނީ މިމުބާރާތުގެ ތަށި 7 ފަހަރު އުފުލާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ