މާލެ: 31°C

އަޑު އެރިގޮތަށް، ރޮނާލްޑޯ ސައުދީ ކްލަބް އައް ނަސްރު އަށް ސޮއިކޮށްްފި

December 31, 2022
2 ފަހަރު ބަލާފައި
އަޑު އެރިގޮތަށް، ރޮނާލްޑޯ ސައުދީ ކްލަބް އައް ނަސްރު އަށް ސޮއިކޮށްްފި
އަޑު އެރިގޮތަށް، ރޮނާލްޑޯ ސައުދީ ކްލަބް އައް ނަސްރު އަށް ސޮއިކޮށްްފި
މިދިޔަ މަހު ގަތަރުގައި ބޭއްވި "ވޯލްޑްކަޕް 2023" ކުރިއަށް ދިޔަ އިރު މީޑިއާތަކުގައި އަޑުފެތުރުނު ގޮތަށް، ފުޓްބޯޅައިގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ ކްލަބް "އައް ނަސްރު" އަށް ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ. ރޮނާލްޑޯ އެ އައްނަސްރަށް ސޮއިކުރިކަން އިއުލާނުކުރަން، އޭނާއާ ޖާޒީ ހަވާލުކުރާ ފޮޓޯއަކާ އެކު ސޯޝަލް މީޑީއާގައި ޖެހި ޕޯސްޓެއްގައި ބުނީ އެއީ "ތާރީޚީ ކަންތައްތަކެއް"ގެ ފެށުން ކަމަށެވެ. "މިއީ ހަމަ އެކަނި އަހަރެމެންގެ ކްލަބުން ބޮޑެތި ކާމިޔާބީތައް ހޯދަން ލިބޭނެ ސޮއިކުރުމެއް ނޫން. އެކަމަކު އަހަރެމެންގެ ލީގާއި އަހަރެމެންގެ ގައުމާއި އަންނަން އޮތް ޖީލުތަކަށް ވެސް ހިތްވަރުލިބޭނެ ސޮއިކުރުމެއް،" އައް ނަސްރުގެ 07 ނަމްބަރު ޖާޒީ ރޮނާލްޑޯއާ ހަވާލުކުރާ ފޮޓޯއާ އެކު އެ ކްލަބުން ކުރި ޓްވީޓެއްގައި ބުންޏެވެ. އެ ކްލަބަށް ސޮއިކުރުމަށް ފަހު ރޮނާލްޑޯ ބުނީ ޔޫރަޕްގެ ފުޓުބޯޅައިގައި އޭނާ ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުވެއްޖެ ކަމަށާއި ދެން މިއީ އޭޝިއާއާ ތަޖުރިބާ ހިއްސާކުރަންވީ ވަގުތު ކަމަށެވެ. ސައުދީ އަލް ނަސްރަށް ސޮއިކުރާ ވާހަކަ މީޑިއާގައި ފެތުރުނު އިރު އޭނާ އެ ކްލަބަށް ދާ އަގެއް ކަމަށް މީޑިއާތަކުން ބުނީ އެ ޑީލްގެ ދަށުން އޭނާއަށް އަހަރަކު 200 މިލިޔަން ޔޫރޯ ލިބޭނެ ކަމަށެވެ. އެއީ މުސާރައިގެ އިތުރުން ސްޕޮންސާޝިޕް ޑީލްތަކާއި އެންޑޯޒްމަންޓް ޑީލްތަކުން ލިބޭ އާމްދަނީ އެވެ. އެހެން ނަމަވެސް ރޮނާލްޑޯއަށް ލިބޭނެ އާމްދަނީއަކާ ބެހޭ ގޮތުން އައް ނަސްރުން އެއްޗެއް ނުބުނެ އެވެ. ފަސް ފަހަރު ބެލަންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ