މާލެ: 31°C

7 އަހަރަށްފަހު "އެ ހަނދާނުގައި" ޝޯ މިރޯދަމަހު ބާއްވަނީ

March 7, 2024
3 ފަހަރު ބަލާފައި
7 އަހަރަށްފަހު "އެ ހަނދާނުގައި" ޝޯ މިރޯދަމަހު ބާއްވަނީ
7 އަހަރަށްފަހު "އެ ހަނދާނުގައި" ޝޯ މިރޯދަމަހު ބާއްވަނީ
7 އަހަރުގެ މެދުކެނޑުމަކަށްފަހު "އެ ހަނދާނުގައި" މިއަހަރުގެ ރޯދަ މަހު ގެނެސްދިނުމަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އިން ނިންމައިފިއެވެ. ޕީއެސްއެމުން ބުނީ މިފަހަރުގެ ޕްރޮގުރާމުގައި ބައިވެރިވާ ފަންނުންނާއެކު މިކަމާ ގުޅޭ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ. އެގޮތުން، މިފަހަރުގެ ޝޯ ފަސް އެޕިސޯޑަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާއިރު، މި ޝޯގައި މިފަހަރު ލައިވް އޯޑިއަންސް އާއެކު ލަވަ ހުށައަޅަން ހަމަޖެހިފައިވާ ލަވަކިޔުންތެރިންނަކީ އައްފާން، އީސާ، ފަސީ، އިނާޔާގެ އިތުރުން މެޒޯ މުހައްމަދެވެ. އަދި މިޝޯ މުޅިން ތަފާތު ގޮތަކަށް ގެނެސްދިނުމަށްޓަކައި، އެ ފަންނާނުންނާއެކު އިތުރު ލަވަ ކިޔުންތެރިން ފެނި ފަންނާނުންގެ ސޯލޯ ލަވަތައް ވެސް މިފަހަރު ފެނިގެންދާނެއެވެ. މިފަހަރުގެ އެހަނދާނުގައި ޝޯގައި ލަވަކިޔާނީ އެލަވައެއްގެ "އޮރިޖިނަލް" ލަވަކިޔާފައިވާ ފަންނާނުންނެވެ. އެހެންކަމުން މިފަހަރުގެ ޝޯގައި ޒަމާންވީ ރީތި ލަވަތަކެއް އިވިގެންދާނެއެވެ. "އެ ހަނދާނުގައި" ޝޯ އަކީ ގިނަ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލު ވެފައިވާ ޝޯއަކަށް ވެފައިވާއިރު، މިފަހަރުގެ މި ޝޯ ލައިވް އޯޑިއަންސާއެކު، ވަގުތުން ޕަބްލިކް ސާވިސް މީޑިޔާއިން ދައްކާނެއެވެ. އެންމެ ފަހުން މި ޕްރޮގުރާމު ބޭއްވީ 2016 ވަނަ އަހަރުއެވެ. 2004 ވަނަ އަހަރު ދައްކަން ފެށި މި ޝޯ މިއަހަރު ދައްކާނީ ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:00 ޖަހާއިރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ