31 މިލިއަން ފައުންޑުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ އިޓަލީގެ ނަޕޯލީ އާއި ގުޅިއްޖެ

31 މިލިއަން ފައުންޑުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ އިޓަލީގެ ނަޕޯލީ އާއި ގުޅިއްޖެ
ލިޔުން:
ބެލްޖިއަމްގެ މޮޅު ކުޅުންތެރިޔާ ލުކާކޫ 31 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ނަޕޯލީ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 31 އަހަރުގެ ލުކާކޫ ނަޕޯލީ ބަދަލުވުމުގެ ފުރުސަތު ހޯދައިދީނީ އެ ޓީމުގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ އެވެ.
ލުކާކޫ 2021 ވަނަ އަހަރު 97.5 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ނަމަވެސް އެޓީމުން ލޯނު އެއްބަސްވުމެއްގެދަށުން ފާއިތުވި ދެ ސީޒަންވެސް ހޭދަކޮށްފައިވަނީ އިޓަލީގައެވެ. ފުރަތަމަ ލޯނު އެއްބަސްވުމުގެ ދަށުން ލުކާކޫ ފޮނުވާލީ އިންޓަމިލާން އަށެވެ. އެއަށްފަހު ރޯމާއަށެވެ. ލުކާކޫ އިންޓަމިލާންގައި ހޭދަކުރި ދުވަސްވަރު އެ ޓީމުގެ ކޯޗްކަމުގައި ހުރި ކޮންޓޭވަނީ ލުކާކޫގެ ބޭނުންއެ ޓީމުގައި ވަރަށް ބޮޑަށް ހިފާފައެވެ. އެގޮތުން 2021 ވަނަ އަހަރު ގެ ލީގުގައި ލުކާކޫ ވަނީ 24 ގޯލު ޖަހާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓޭ ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ޕާމާއާ ދެކޮޅަށް ކުޅޭ މެޗުގައި ލުކާކޫ ނަޕޯލީގެ ޓީމުން ފެންނާނެކަމަށެވެ.
ލުކާކޫ ޗެލްސީން ދޫކޮށްލިއިރު އެ ޓީމުގެ މިޑްފީލްޑަރު ޓީނޯ އަންޖޯރިން ވެސް އިޓަލީގެ ލީމަކަށް ބަދަލުވެފައިވެއެވެ. އަދި އެޓީމުގެ އޮސިމެން ވެސް ސައުދީ އަރަބިއާ ގެ އަލް-އަޙްލީ ޓީމާއި ވަނީ ގުޅިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
