މާލެ: 31°C

2 ވަނަ ބުރު ޔަގީން ކުރި ފުރަތަމަ ޓީމަކަށް ފްރާންސް

November 27, 2022
2 ފަހަރު ބަލާފައި
2 ވަނަ ބުރު ޔަގީން ކުރި ފުރަތަމަ ޓީމަކަށް ފްރާންސް
2 ވަނަ ބުރު ޔަގީން ކުރި ފުރަތަމަ ޓީމަކަށް ފްރާންސް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރި ފުރަތަމަ ޓީމަކަށް އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް ވެއްޖެއެވެ. ފްރާންސް މުބާރާތުގެ ދެވަނަ ބުރު ޔަގީން ކުރީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި ޑެންމާކްގެ މައްޗަށް އުނދަގުލުން ކުރި ހޯދައިގެންނެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެންނުދިޔަ އިރު ދެވަނަ ހާފްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދީވެސް ފްރާންސްއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކިލިއަން އެމްބާއްޕޭއެވެ. ފްރާންސްއިން ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ޑެންމާކްއިން ވަނީ ލިބުނު ކޯނަރެއްގެ ބޭނުން ހިފާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިހާރު ބާސެލޯނާއަށް ކްލަބް ފުޓްބޯޅަ ކުޅެމުންދާ ޑިފެންޑަރު ކްރިސްޓެންސެންއެވެ. މެޗު އެކެއް އެކަކުން އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ ނަތީޖާ ފްރާންސް ކޮޅަށް އަނބުރާލަދީ ފްރާންސްއަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްދިނީ އެޓީމްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފޯވާޑް ކިލިއަން އެމްބާއްޕޭއެވެ. އެމްބާއްޕޭ މިވަނީ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ނުވަ މެޗުން 7 ލަނޑު ހަމަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ