މާލެ: 31°C
މަސްތުވާތަކެއްޗާއެކު ދުވާފަރުން 3 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދުވާފަރުން 3 މީހުން ހައްޔަރުކޮށްފި

29 ނޮވެންބަރު 2026
63 ފަހަރު ބަލާފައި

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ އެ ރަށު އެންދެރިމާގެ، އަޙްމަދު އަބޫބަކުރު (47އ) އާއި ގުލްޝަން ހަވީރު، މުޙައްމަދު އިބްރާހީމް (31އ) އަދި މަލަ، އަޙްމަދު ޠަލްޢަތު (30އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މަހު 27 ވަނަ ދުވަހު ދުވާފަރު ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކަރުދާސްކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ