"މިއަދު ގައިމު ވެރިކަމުގައި މިއޮތީ އެމްޑީޕީއެއް ނޫން ދެއްތޯ؟ އެހެން ވީމަ ކީއްވެގެންތޯ އަޅުގަނޑަށް އިތުރު ލުޔެއް ނުލިބިގެން މި އުޅެނީ"ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އިތުރަށް ފިއްތަން މިވަގުތު އެމްޑީޕީން ބޭނުން ނުވާނެކަމަށާ، އެކަމުން އެމީހުނަށް ލިބޭނެ ފައިދާއެއްވެސް ނެތް ކަމަށެވެ. ޕީޕީ އެމް އިން ވަކިވެ ވަޑައިގެން ޕީއެން އެފްގެ ނަމުގައި އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރަމުންދާތާ އެތަށް ދުވަހެއް ވެފައިވާއިރު އަދި އެ ޕާޓީ ރަޖިސްޓްރީ ކުރެވޭ ގޮތެއް ނުވެއެވެ. ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށް އޭގެ ފަހުން މާލޭ ބަންދަށް ބަދަލުކޮށްފައިވަނީ ކުރީގެ ސަރުކާރުންނެވެ. އެހެން ނަމަވެސް އަދިވެސް އެމަނިކުފާނަށް ސިޔާސީ އެއްވުންތަކުގައި ބައިވެރިވެ އެފަދަ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މަނާކަމެކެވެ. އެހެން ނަމަވެސް އެމަނިކުފާނު ގެންދަވަނީ އެކަން ކުރައްވަމުންނެވެ. އަދި އެކަމާ މެދު ކަރެކްޝަންސް އިން އެއްވެސް ފިޔަވަޅެއްވެސް މިހާތަނަކަށް އަޅާފައެއް ނެތެވެ.
ރައީސް ޔާމީންގެ ސުވާލެއް، ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހަށް ވާދަ ނުކުރެވެންވީ ކީއްވެ؟

ރައީސް ޔާމީންގެ ސުވާލެއް، ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހަށް ވާދަ ނުކުރެވެންވީ ކީއްވެ؟
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓިކަމަށްވާ ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓަކަށް ވާދަ ނުކުރެވެންވީ ކީއްވެތޯ އެޕާޓީގެ ކުރީގެ ރައީސް ޔާމީން ސުވާލު އުފައްދަވައިފިއެވެ.
މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފިޒުކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ، މިގޮތަށް ސުވާލު އުފެއްދެވީ އެމަނިކުފާން މިހާރު އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ އަދި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ ރާއްޖޭގެ އެންމެ މެންބަރުންގިނަ އަދި ވަކި ވިސްނުމަކާ އައިޑިއަލޮޖީއެއްގެ މައްޗަށް އެކުލެވިފައިވާ ޕާޓީއެއް ކަމަށާ، އެޕާޓީ އިސްވެ އޮވެ ގެނައި ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހަށް އެޕާޓީގެ އެއްވެސް ބޭފަޅަކަށް ވާދަ ނުކުރެވުމަކީ ސުވާލުއުފެދޭ ކަމެއް ކަމަށެވެ.
އަދި އެޕާޓީގެ ބަދަލުގައި ޕީއެންސިން ކުރިމަތިލާ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ މެންބަރުން ވޯޓް ދެއްވާނެތޯވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި މީގެ އިތުރުން މިހާ ދުވަސް ވީއިރު އެމަނިކްފާން މިނިވަން ނުވެ ބަންދުގައި ހުންނަން ޖެހިފައިވާތީވެސް އެމަނިކުފާނު ވަނީ ހިންހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
