މި މަހުވެސް ރާއްޖެ ޑީފޯލްޓު ނުވެ ސަލާމަތްވީ އިންޑިއާއިން ކަރަންސީ ސްވޮޕް އަނބުރާދެއްކުން ފަސްކޮށްދިނުމުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ހައްތާވެސް ދަނީ މައްޗަށް ކަމަށެވެ.
އަދި އަމިއްލަ އެކައުންޓުގައި ފައިސާ ހުރެމެ އެ ފައިސާ އަށް ޑޮލަރު ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި، ބޭރުގެ ސުކޫލުތަކަށް ދަރިން ކިޔަވަން ލައިގެންތިބި ބެލެނިވެރިންނަށް ވަނީ އިންތިހާއަށް ދަތިވެފައި ކަމަށެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ޑޮލަރު މައްސަލަ ހައްލުކުރުމަށް ގެނައި ހުރިހާ ސިޔާސަތެއް ވަނީ ފެއިލް ވެފައި ކަމަށާއި، މިމަހުވެސް ރާއްޖެ ޑިފޯލްޓު ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދެއްކުން ފަސްކޮށްދިނުމުން ކަމަށެވެ.
ނަމަވެސް އެ ކަމުގެ ސަބަބުން ގައުމު ޑީފޯލްޓުނުވެ ސަލާމަތްވީ އިރު ރައީސް ޑރ މުއިއްޒު އެ ވަޑައިގަންނަވަނީ ޕާކިސްތާނަށް ކަމަށެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދުވަނީ ޑރ މުއިއްޒު އަކީ ބައިނަލްއަގުވާމީ މަޝްރަހާއި ޖިއޯ ޕޮލޮޓިކް އެނގި ނުލައްވާ ގަމާރު ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އަދި ރާއްޖެ ބަނގުރޫޓު ވާނީ ރައީސް މުއިއްޒު ފަދަ ގަމާރަކު ވެރިކަމުގައިޓއިތުރަށް ހުރެއްޖެ ނަމަ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.







