މާލެ: 31°C

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

February 7, 2025
375 ފަހަރު ބަލާފައި
10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު
10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

ދަނޑިކޮށި ޖަގަހާގައި އެމްޑީޕީ އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރީ އެކި ގައުމުތަކުން ކޮންޓްރެކްޓަރުން ގެނެސް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށް އެއްބަސްވުންތައް އެކުލަވާލުމަށް ކަމަށެވެ.

އެހެންވީމަ ވާގޮތަކީ 10 މިލިއަން ރުފިޔާ އަށް ކުރެވޭ މަސައްކަތް، ކޮންޓްރެކްޓަރު މިކުރަނީ 100 މިލިއަން ރުފިޔާ އަށް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ސަރުކާރު ބަދަލުވެގެން، އެމްޑީޕީ ސަރުކާރެއްގައި އަޅުގަނޑުމެން އެއަށް އޮނާއެއް ނުކުރާނަން. މީ ހަމަ ސީދާ ދިވެހި ރައްޔިތުން ލޫޓުވުން،" އަމީރު ވިދާޅުވި އެވެ.

އަދިވެސް އަމީރު ވިދާޅުވީ ވައިނާ ކޮންޓްރެކްޓަރުންވިޔަސް އެހެން ގައުމު ތަކުގެ ކޮންޓްރެކްޓަރުން ވިޔަސް އެ ވާހަކަ ތައް އަޑު އެހުމަށާއި އެ ފަދަ އެއްބަސްވުންތަކަށް އެމްޑީޕީން އޮނާރ ނުކުރާނެ ކަމަށް މިހާރުވެސް މިދަނީ ބުންމުން ކަމަށެވެ.

ޗައިނާ ކޮންޓްރެކްޓަރުން ވެސް، އެހެން ގައުމުތަކުގެ ކޮންޓްރެކްޓަރުން ވެސް އަޑު އައްސަވަންވީ، އަޅުގަނޑުމެން އެއަށް އޮނާއެއް ނުކުރާނަން،" އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ސަރުކާރުން މިހާރު ޕްރޮޖެކްޓް ހިންގަން ވިސްނާފައިވަނީ ކޮންޓްރެކްޓަރުން ބޭނުންވާ ފޯމިއުލާ ތަކަށް ކަމަށާއި ސަރުކާރުގައި އެކަމާގުޚޅޭ އެއްވެސް ޕްލޭނެއް އަދި ބަޖެޓް ހޯދާނެ ގޮތުގެ ޕްލޭނެއްވެސް ނެތް ކަމަށެވެ. އެގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުން ވެސް ސަރުކާރުގައި މިކަން ކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތްކަން ހާމަވެފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ