މާލެ: 31°C

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެ

January 20, 2024
3 ފަހަރު ބަލާފައި
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެ
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ މެންދުރު ފަހު ތިން ގަޑި ސުންމިނުޓުގައި ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނީ އިއްޔެގެ ނިޔަލަށް އިދާރާ އަށް ހުށަހަޅާފައިވަނީ 325 ޝަކުވާ ކަމަށެވެ. މަޖިލީސް އިންތިހާބުގައި ވޯޓުލެވޭކަން ކަށަވަރު ކުރުމަށްޓަކާ، ލިސްޓުގައި ހިމެނޭ މައުލޫމާތު ޗެކު ކުރުމަށް އީސީއިން ވަނީ އިލްތިމާސްކޮށްފައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު 1414 އަށް ގުޅައިގެން ނުވަތަ VR (space) NID ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްލުމުން ވެސް ބަލައިލެވޭނެއެވެ. https://twitter.com/IsmailHabeeb/status/1748627893809561954 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން އިން ހުޅުވާލައިފި ވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މާލޭގައި ޝަކުވާ ބަލައިގަންނާނީ އިންތިހާބާބެހޭ މަރުކަޒު، ދަރުބާރުގެއިންނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ޝަކުވާ ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ