މިއަދު ކުރިއަށްދާ އިލެކްޝަނުގައި 3 ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.
ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމިނިންމުން ޕީޕީއެމުން ބަލައިނުގަންނަން: ޝިޔާމް

ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމިނިންމުން ޕީޕީއެމުން ބަލައިނުގަންނަން: ޝިޔާމް
ލިޔުން:
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުވުމުގެ ވަގުތު އިިތުރުކޮށްފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު، އިލެކްޝަނުން ކުރިން ކަނޑައަޅާފައިވާ ވަގުތު ހަމަވާން ކުޑައިރު ކޮޅަކަށް ވެފައި ވަނިކޮށް، ވޯޓުލާން އޮތް ގަނޑި 5 ޖެހުމާއި ހަމައަށް އިތުރު ކުރުމުންނެވެ. އިލެކްޝަނުން ބުނެފަައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވޯޓު ލުމުގެ ވަގުތު 5 ޖެހުމާއި ހަމައަށް އިތުރު ކޮށްފައިވާކަމަށެވެ.
ޝިޔާމް ވިދާޅުވީ އިލެކްޝަނުން ވަގުތު އިތުރުކުރީ ޕީޕީއެމްއާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތިކަމަށެވެ. ތިން ޕާޓީން ވާދަކުރާ އިންތިޚާބެއްގައި ހަމަ އެކަނި އެމްޑީޕީން ބޭނުންވި ގޮތަށް ވަގުތު އިތުރު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/Shiyamaldives/status/1647192525428625410
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
