މާލެ: 31°C

ވޯޓުލާ ދުވަހުގެ އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން: ރައީސް

July 13, 2023
2 ފަހަރު ބަލާފައި
ވޯޓުލާ ދުވަހުގެ އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން: ރައީސް
ވޯޓުލާ ދުވަހުގެ އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން: ރައީސް
ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ އެއްލައްކަ ވޯޓުން ދުވަސް ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނަށް ކ. ގުރައިދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީއޭއާއި އަދާލަތު ޕާޓީއާއި އެކު ކޯލިޝަންގައި އޮތްކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީން މަސައްކަތް ކުރީ އެމްޑީއޭއާއި އެކުގައި ކަމަށެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށްވެސް ނިކުންނާނީ އޭރު ދެ ޕާޓީގެ ދެމެދުގައި ވެވުނު އެއްބަސްވުމާއި އެއްގޮތަކަށް ކަމަށެވެ. އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނަށް ބަލާއިރު އެމްޑީޕީގައި 58،035 އެބަ ތިއްބެވެ. އެމްޑީއޭގައި 10،277 މެމްބަރުން ތިބިއިރު އަދަލާތު ޕާޓީގައި ތިބީ 9،595 މެމްބަރުންނެވެ. އެމްޑީޕީ ކޯލިޝަންގައި ޖުމުލަ ތިބީ 77،000 އެއްހާ މެންބަރުންނެވެ. ރައީސް ސޯލިހު ވަނީ މިއީ ވެރިކަމަށް ކުރިމަތިލާ އެންމެ ބޮޑު ކޯލިޝަންކަން ފާހަގަ ކުރައްވާފަ އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ އެދުވަހު ވޯޓުލާއިރުގައި އެއްލައްކަ ވޯޓުން ފެށުން. ހަމަ ކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް. އަޅުގަނޑު ހިތުން މާލެ އަތޮޅުން އެކަނިވެސް އެކަން ވެގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު އިއްޔެ ވަނީ މާލޭގައި ދޮރުން ދޮރަށް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ށ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ރައީސް ވަނީ މީގެ ކުރިން ވަޑައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ