މާލެ: 31°C

ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ކަށަވަރުވީ ހަތަރު ގައުމެއްގައި: އީސީ

August 2, 2023
2 ފަހަރު ބަލާފައި
ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ކަށަވަރުވީ ހަތަރު ގައުމެއްގައި: އީސީ
ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ކަށަވަރުވީ ހަތަރު ގައުމެއްގައި: އީސީ
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ކަށަވަރުވީ އެންމެ ހަތަރު ގައުމުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އީސީގެ ނައިބު ރައީސް ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ކަށަވަރުވެފައި ވަނީ މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ކަމަށެވެ. އެ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައި ވަނީ ވޯޓުލުމަށް ބޭނުންވާ ވަރަށް މީހުން ރަޖިސްޓްރީވެފައި ވާތީ އެވެ. "ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީ ވެފައިނުވޭ." ހަބީބް ވިދާޅުވި އެވެ. ރީރަޖިސްޓަ ވުމުގެ ފުރުސަތު ހުޅުވިފައި އޮންނާނީ މިއަދުގެ ނިޔަލަށެވެ. ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމި އަދަދު:
  • އިންޑިއާގެ ޓްރިވެންޑްރަމް - 1 ވޯޓު ފޮށި
  • އިންޑިއާގެ ނިއުދިއްލި - 1 ވޯޓު ފޮށި
  • މެލޭޝިޔާ ކުއަލަލަމްޕޫރު - 2 ވޯޓު ފޮށި
  • ސިންގަޕޫރު - 1 ވޯޓު ފޮށި
  • ސްރީލަންކާގެ ކޮލަމްބޯ - 4 ވޯޓު ފޮށި
  • އިނގިރޭސިވިލާތުގެ ލަންޑަން - 1 ވޯޓު ފޮށި
  • ތައިލެންޑްގެ ބެންކޮކް - 1 ވޯޓު ފޮށި
  • އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ - 1 ވޯޓު ފޮށި
  • ޖަޕާންގެ ޓޯކިޔޯ- 1 ވޯޓު ފޮށި
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ