މާލެ: 31°C

އުމަރު ނަސީރުގެ ކެމްޕޭން ހުކުރު ދުވަހު ފަށަނީ

July 13, 2023
2 ފަހަރު ބަލާފައި
އުމަރު ނަސީރުގެ ކެމްޕޭން ހުކުރު ދުވަހު ފަށަނީ
އުމަރު ނަސީރުގެ ކެމްޕޭން ހުކުރު ދުވަހު ފަށަނީ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ކެމްޕޭން މިއަންނަ ހުކުރު ދުވަހު ރަސްމީކޮށް ފައްޓާވާނެކަން އިއުލާން ކުރައްވައިފި އެވެ. އަންނަ ހުކުރު ދުވަހު ކެމްޕޭން ފެށުމަށްޓަކައި ވ. އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތް ކުރައްވަން ނިންމަވާފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ވ. އަތޮޅުން ވަޑައިގަންނަވާނީ ވ. ފެލިދޫ، ވ. ކެޔޮދޫ އަދި ވ. ފުލިދޫ އަށެވެ. އުމްރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި އެހެނިހެން ބޮޑެތި މައްސަލަތައްވެސް ހައްލު ކުރުމުގައި އިސްލާމްދީނުގެ ޝަރީއަތުގައި ހިފުމުގެ މުހިންމުކަމާއި ބެހޭގޮތުން ކެމްޕޭނުގައި ވާހަކަފުޅު ދައްކަވާނެކަމަށެވެ. "އާ މިސްރާބަކަށް އުމަރު 2023" ޝިއާރާ އެކު އުމަރުގެ ކެމްޕޭން ލޯންޗްކޮށްފައިވަނީ ފެބްރުއަރީ 3. 2023 ގަ އެވެ. އުމަރުވަނީ މީގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފަ އެވެ. އެ އިންތިހާބުގައި އުމަރު ވާދަ ކުރެއްވީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ހަދައިގެންނެވެ. މީގެ އިތުރުން ޕީޕީއެމްއާއި ގުޅި ވަޑައިގަތުމަށްފަހު 2013 ވަނަ އަހަރު އޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައިވެސް އުމަރު ވަނީ ވާދަ ކުރައްވާފަ އެވެ. ނަމަވެސް މި ދެ ފަހަރުވެސް އުމަރަށް ކާމިޔާބެއް ނުލިބެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ