މާލެ: 31°C

ވަޒީރުންނަށް ރުހުން ދިނުމަށް މިރޭ ޖަލްސާއެއް ބާއްވަނީ

January 28, 2024
3 ފަހަރު ބަލާފައި
ވަޒީރުންނަށް ރުހުން ދިނުމަށް މިރޭ ޖަލްސާއެއް ބާއްވަނީ
ވަޒީރުންނަށް ރުހުން ދިނުމަށް މިރޭ ޖަލްސާއެއް ބާއްވަނީ
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް، މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލް ކޮށްފިއެވެ. މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިރޭ 8:00ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު، ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖަލްސާ، މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ހިނގާދިޔަ ހަމަނުޖެހުންތަކާހެދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިއަދު މަޖިލީހުގައި މެންބަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އަނިޔާވެސް ވެފައިވެއެވެ. ވަޒީރުންނަށް ރުހުން ދިނުމާމެދު ޚިޔާލުތަފާތުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާއިރު، ވެރިކަންކުރާ ކޯލިޝަނުންވަނީ 23 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާފައެވެ. މިއަދު ބާއްވަން އުޅުނު މަޖިލިސް ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ. އަދި އެމްޑީޕީން ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަ ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ. އިދިކޮޅު ޕާޓީތަކުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ މަޖިލިސް ދޮށަށް އެއްވެ ސަރުކާރު ހިންގުމަށް ދަތި ނުކުރުމަށް ގޮވާލާ މުޒާހިރާވެސް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ