އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލުތައް ފާސްކޮށްފައިވާ ކަމަށެވެ.
އަލަށް އިތުރުވަނީ މާލެ އަށް ދެ ގޮނޑި، އައްޑު އަށް ގޮނޑިއެއް، ބ. އަތޮޅަށް ގޮނޑިއެއް، މާލެ އަތޮޅަށް ގޮނޑިއެއް، އަދި ގއ. އަތޮޅަށް ގޮނޑިއެކެވެ.
ހަބީބް ވިދާޅުވީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އެ ކޮމިޝަނުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
https://twitter.com/IsmailHabeeb/status/1681232071375884289 މި ދައުރުގެ މަޖިލިސް ބަހާލާފައިވަނީ 87 ދާއިރާއަށެވެ. މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެކެވެ.






