އެމްޑީޕީ ތެރޭގައި ބަރުލަމާނީ ފިކުރު ނުވިކުމުން އެ ފިކުރު ހިފައިގެން އެހެން ޕާޓީތަކާއި ގާތައް!

އެމްޑީޕީ ތެރޭގައި ބަރުލަމާނީ ފިކުރު ނުވިކުމުން އެ ފިކުރު ހިފައިގެން އެހެން ޕާޓީތަކާއި ގާތައް!
ލިޔުން:
ފުރަތަމަ ވަކާލާތުކުރީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރަން.
އައު ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ވެރިކަމުގެ ނިޒާމުގެ ވޯޓެއް ނަގަން ނިންމި ހިސާބުން ފެށިގެން އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމު ގާއިމުކުރުމަށް ވަކާލާތުކުރައްވަމުންނެވެ.
2007 ވަނަ އަހަރު ނެގުނު ނިޒާމީ ވޯޓުން ރާއްޖޭގައި އޮންނާންފެންނަނީ ރިޔާސީ ނިޒާމެއްކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ހިސާބުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުންގެންދަވަންފެސީ އެ ވޯޓަކީ ވަރަށް ބޮޑަށް އޮޅުވާލެވިފައިވާ ވޯޓެއްކަމަށެވެ. އޭގެ ފަހުން, ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގެ ކެމްޕެއިންގައި ރާއްޖެއަށް އެންމެ ރަގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް އެމަނިކުފާނު ގެނެދެވީ ވަކާލާތު ކުރަމުންނެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އެކަނި ވާދަކުރައްވާ ކުރެއްވި ކެމްޕެއިންގައި ވިދާޅުވަމުން ދިޔައީ އިންތިހާބުވެވަޑައިގެން ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރެއްވުމުގެ މަސައްކަތްކުރައްވާނެކަމަށެވެ.
ނަމަވެސް, ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް އިންތިހާބުގައި ވާދަކުރެއްވުމަށް އޮތް ގާނޫނީ ހުރަހާހުރެ އަމިއްލަފުޅަށް ރިޔާސީ ޓިކެޓް އެމްޑީޕީގެ ކޮންގްރެސްގައި ދޫކޮށްލައްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ ކެމްޕެއިން ކުރައްވަން ފެށްޓެވިއެވެ.
އެއަށްފަހު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕެއިން ތެރޭގައި ބަރުލަމާނީ ވެރިކަމުގެ ނިޒާމުގެ ވާހަކަ އަނެއްކާވެސް ދައްކަވަން ފެއްޓެވިއެވެ.
ރައީސް ނަޝީދުގެ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ނުވަތަ އެންމެ ކުޑަމިނުން އެ ނިޒާމާމެދު ކިރިޔާވެސް ވާހަކަ ދެކެވި މަޝްވަރާވެސް ކުރެވެން އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެގޮތުން އެމްޑީޕީގައި ބަރުލަމާނީ ނިޒާމަށް މެމްބަރުންގެ މެދުގައި މަގުބޫލުކަން އިތުރުކުރުމަށް ބަރުލަމާނީ ގޮފީގެ ނަމުގައި ގޮއްޕެއް އުފައްދަވައި ވަކާލާތުކުރެއްވިއެވެ. ނަމަވެސް, މިވީހާތަނަށްވެސް ރައީސް ނަޝީދުގެ މަސައްކަތުން އެމްޑީޕީ މެމްބަރުންގެ ތެރޭގައި ބަރުލަމާނީ ތާއިދު ބޮޑުކުރެވިފައެއް ނުވެއެވެ. އެއާ ޙިލާފަށް އެމް.ޑީ.ޕީ މެންބަރުންގެ ތެރޭގައިވެސް އެ ނިޒާމުގެ ތާއީދު ދިޔައީ ދަށަށެވެ. އަދި މިއަދު އެމްޑީޕީ ހިންގެވުމުގެ އިސް މަގާމުތަކަށް ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފައިވަނީ ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ފަރާތްތަކެކެވެ.
މިހާހިސާބުން ރައީސް ނަޝީދަށް ޔަގީންވި އެއް ކަމަކީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އެމަނިކުފާނަކަށް ބަރުލަމާނީ ނިޒާމެއް ނުވިއްކޭނެކަމެވެ. އެއަށްފަހު އެ ފިކުރާއިގެން އެހެން ޕާޓީ ތަކާ ކައިރިޔަށް ޖެހިލާއިރު، އަމިއްލަ ޕާޓީގެ މެމްބަރުންނަށް ނުވިއްކުނު ފިކުރެއް, ސިޔާސަތެއް އެހެން ޕާޓީއަކަށް އަދި އެހެން ބަޔަކަށް ވިއްކޭނެ ގޮތެއް އެބަ އޮތް ހެއްޔެވެ؟
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
