އެމްއެންޕީ އަށް 4 ޕަސަންޓް، 128 ވޯޓް، ހޯދައިދެއްވި އިސްތިރާޖީ ޓީމް މިއޮތީ!

އެމްއެންޕީ އަށް 4 ޕަސަންޓް، 128 ވޯޓް، ހޯދައިދެއްވި އިސްތިރާޖީ ޓީމް މިއޮތީ!
ލިޔުން:
އެމްއެންޕީގެ އިސްފަރާތަކުން މިނިވަންއަށް ކިޔައިދިން ގޮތުގައި ގުރައިދޫ ދާއިރާގެ އެމްއެންޕީގެ މަސައްކަތްފެށީ މަޖީދީމަގުގެ ކޭލާގޭ ކައިރީ ހުންނަ ޖަގަހައިގެ ދެވަނަ ފަންގިފިލާ މަތީގައި ހުންނަ ވަކިބަޔަކަށް ވަދެވޭ އެންއެންޕީގެ އިސްތިރާޖީ އޮފީހުގައެވެ. އެއީ ހަނގުރާމައިގެ "ޥޯ ރޫމް" އަށް ވުރެވެސް ވަރުގަދަކޮށް ހަދާފަ ހުރި އޮފީހެއް ކަމަށް ވެއެވެ. ސީއައިއޭގެ ބްލެކްސައިޓްތަކުގައި ހުންނަ އޮފީސް ތަކަށް ވުރެވެސް ސިއްރުވެރިކަން ބޮޑުކަމަށް ވެއެވެ. މި އިސްތިރާޖީ ގްރޫޕްގައި މިތިބީ އާދައިގެ ބައެއްނޫނެވެ. މެޑަލްތަކާއި ކޮނޑަށް ފައްތަކާއި ތަރިތައްވެސް ބަރި ބަރިއަށް ވަނީ އަރާފައެވެ.
އެމްއެންޕީގެ އިސްތިރާޖީ ޓީމަކީ ކާނަލް ނާޒިމް އާއި އަބްދޯ ރިޔާޒުގެ ވަރަށް ގާތް ފަރާތްތަކެކެވެ.
ނާޒިމް އަކީ އެމްއެންޑީފްގައި އެތައް އަހަރެއް މަސައްކަތް ކުރި އިރު އެފްއޭ ފަޔާޒް އަދި ރިޔާޒާއެކު އެންއެސްއެސް އަދި ފަހުން ސިޔާސީ މަސައްކަތް ކުރިމީހުންނެވެ. ފުލުހުން ކެނޑިގެން އުޅޭ ޕައިރޫޝް އަކީ ރިޔާޒް ބުނެގެން ފެބްރުއަރީ 7 އަދި 2013 ގެ ރިޔާސީ އިންތިހާބު ބާތިލް ކުރަން ރިޕޯޓް ލިޔެދިން ފަރާތެވެ. އިހްސާނަކީ ނާޒިމް އަށް އެމްއެންޑީއެފް ތެރެއިން އެތައް ކަމެއް ނާޒިމް އަށް ކޮށްދިން ވެސްޓް ޕޮއިންޓްގެ ގްރެޖުއޭޓް އެކެވެ.
އާޒިމާ ޝުކޫރާއި ދުންޔާ އަކީ ނާޒިމް އާއި އެކީ ކެބިނެޓްގައި މަސައްކަތް ކުރި މިނިސްޓަރުންނެވެ. އަދި ސައިރިކްސް ޝަރީފާއި ސިދާތާ އަކީ އެމްއެންޕީ ފެށުނީއްސުރެ ނާޒިމް އާއި އެކީ އުޅޭ ފަރާތްތަކެކެވެ.
ކޮންމެއަކަސް މިތަޖުރިބާކާރު ޓީމް އިސްތިރާޖީ އޮފީސް ހަދައިން މިޖެހުނީ ސުމެކެވެ. ލަދުވެތި ނަތީޖާއެކެވެ. ކޮންމެއަކަސް މީގެން މިއިނގެނީ ކިތަންމެ ފޮތްތެރިވިޔަސް އަދި އިލްމީވެފައި ތަޖުރިބާ ތަކެއް ހުއްޓަސް ސިޔާސީ މައިދާނުގައި ކަމަކަށް ވާކަހަލަ ކަމެއް ޖެހިއްޖިއްޔާ މިފަރާތްތަކުގެ ބޭނުމެއް ނުހިފެއެވެ.
ސަބަބަކީ މިފަރާތްތަކުން ރައްޔިތުންނާ ހިސާބަކަށް ނުދެއެވެ. ފިނިކޮޓަރީގައި އިސްތިރާޖީ ރޫމް ހަދައިގެން ތިއްބަސް ރައްޔިތުންގެ އިހްސާސްތަކެއް ނޭންގޭނެއެވެ. މިފަރާތްތަކުން ނާޒިމް އަތުން ފައިސާގެ މަންފާއެއް ލިބުން ފިޔަވާ އެއްވެސް ކަމެއް ނުވެއެވެ.
މިފަރާތްތަކުގެ އަސްލު ފެންވަރު އިނގުން އިރު މިދިއައީ ސުމަކުންނެވެ. ދިވެހިންގެ ނަސީބަކީ މިފަރާތްތައް މަގާމުތަކުގައި ތިބިއިރު އެއްވެސް އުދުވާނީ ހަމަލާއެއް ނުވަތަ އެއްވެސް ކަމެއް ރާއްޖެއަށް ނުޖެހުނީތީ ޝުކުރުކުރަމެވެ. އެހެނީ މިފަރާތްތަކުގެ އިސްތިރާޖީ ފެންވަރުން ކުޑަ ސްކޫލެއްވެސް މިފަރާތްތަކަށް ހިންގޭނެކަމާއިމެދު ޝައްކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
