ރީކޯ މޫސަ އެނބުރި އެމްޑީޕީއަށް!

ރީކޯ މޫސަ އެނބުރި އެމްޑީޕީއަށް!
ލިޔުން:
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު އެޕާޓީއާ އަލުން ގުޅިވަޑައިގެންފި އެވެ.
މޫސަށް އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ އޭނާ އެނބުރި އެޕާޓީއަށް ވަޑައިގަންނަވަން އުޅޭކަަމަށް އަޑުފެތުރޭތާ ގިނަ ދުވަސްތަކެއް ވީފަހުންނެވެ. އެމްޑީޕީގެ ލީޑަޝިޕާ މޫސައާ ދެމެދު އަލުން ގުޅުން ރަނގަޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ. މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރަން އެޕާޓީން ޓްވީޓްކުރި ފޮޓޯއިން ފެންނަ ގޮތުގައި، އޭނާ އަލުން ޕާޓީއަށް ސޮއިކުރެއްވީ އެމްޑީޕީގެ އިސް ގިނަ ބޭފުޅުންތަކެެއް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގެންނެވި އެވެ.
މޫސާ މަނިކު އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރުގެ ގޮތުގައި، ހުންނެވި އިރު، އެމްޑީޕީން ނެރުނު ވިޕްލައިނަކާ ހިލާފުވެވަޑައިގެންނެވުމުންނެވެ. އެމްޑީޕީން އޭނާ ވަކިކުރީ 2015 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
