މާލެ: 31°C

ދެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ ޕީޕީއެމް

November 5, 2022
2 ފަހަރު ބަލާފައި
ދެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ ޕީޕީއެމް
ދެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ ޕީޕީއެމް
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ދެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވީ ނ. މަގޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަންހެން މެމްބަރަކު ހޮވުމުގެ އިންތިހާބާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ. މި ދެ އިންތިހާބުގައިވެސް ވާދަކުރީ ޕީޕީއެމް އާއި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މަގޫދޫ ކައުންސިލް އިންތިހާބުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފަރީދާއަށް ލިބުނީ 115 ވޯޓެވެ. ޔުމްނާ މި ގޮނޑި ކާމިޔާބު ކުރީ ނުވަ ވޯޓުގެ ތަފާތަކުންނެވެ. ކަލައިދޫ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޚުވައިލަތަށް ލިބިފައިވަނީ 192 ވޯޓެވެ. ސަފިއްޔާ މި ގޮނޑި ކާމިޔާބު ކުރީ ފަސް ވޯޓުގެ ތަފާތަކުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ