އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރިކުރުން ކުށްވެރިކޮށް އެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފިން: އިސްލާމިކް މިނިސްޓަރު

އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރިކުރުން ކުށްވެރިކޮށް އެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފިން: އިސްލާމިކް މިނިސްޓަރު
ލިޔުން:
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާއ ޚިލާފަށް އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރުން ކުށްވެރިކުރައްވައި، މިމައްސަލަ ބެއްލެވުމަށް ފުލުހުންނަށް ހުށަހަޅުއްވައިފިއެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެކެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްސާކުރާ ބަޔަކަށް ވުމާއިއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށްވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 9ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.
އެހެންކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވަނީ މިކަން ކުށްވެރިކުރައްވާ މި މައްސަލަ ބައްލަވަން ފުލުހުންނަށް ހުށަހަޅުއްވާފައެވެ.
ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
