މާލެ: 31°C

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

March 24, 2025
176 ފަހަރު ބަލާފައި
"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި
ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ބާއްވާ "ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން ރޭ އައްޑޫގައި ބާއްވައިފި އެވެ.

ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ބާއްވާ "ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން ރޭ އައްޑޫގައި ބާއްވައިފި އެވެ.

ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި އެ ފޯރަމްގައި އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، އައްޑޫގައި ހުންނަ ކޮލެޖް ޔުނިވަސިޓީތަކުގެ ދަރިވަރުންނާއި ޢާންމުން ބައިވެރިވެފައިވެ އެވެ.

ޕެނަލިސްޓުންގެ ގޮތުގައި ޝައިޚް މުޙައްމަދު އަނީލް އާއި އަޙުމަދު ނާޒިހް ބައިވެރިވި އެ ފޯރަމް ގެ މައުލޫއަކީ ފަލަސްޠީނުގެ ތާރީޚާއި، ފަލަސްޠީނުގެ އަދުގެ ޙާލަތު އަދި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުން އެވެ. އެ ފޯރަމް ގައި ވަނީ ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ފަލަސްޠީނު ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދާ ސިލްސިލާ ފޯރަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ