މާލެ: 31°C

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

March 29, 2025
210 ފަހަރު ބަލާފައި
ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!
އެކަލޭގެފާނުގެ ގާތްމީހުން ބުނީ މިފަދައިންނެވެ.

އެކަލޭގެފާނުގެ ގާތްމީހުން ބުނީ މިފަދައިންނެވެ.

اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا – يوسف 9

“ތިޔަބައިމީހުން ޔޫސުފުގެފާނު ޤަތުލު ކޮށްލާށެވެ. ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ.”

ދުރުހިލޭ މީހާ ބުނީ މިފަދައިންނެވެ.

أَكْرِمِي مَثْوَاهُ – يوسف 21

“ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ”

ޙަސަދައިގެ ކުރިމަތީގައި ގާތްތިމާގެ ކަމުގެ ގުޅުންވެސް އެއްވެސް އެއްޗަކަށް ނުވިއެވެ. ދުރުހިލޭ މީހާވެސް ޙަސަދަ ނެތް ނަމަ، ޙަސަދަ ހުރި ގާތްތިމާގެ މީހުންނަށްވުރެ ރަނގަޅެވެ.

ޙަސަދަ ވަދެއްޖެނަމަ ލޯބި ނަފުރަތަށް ބަދަލުކޮށްލައެވެ. ޢަދުލުވެރިކަން އަނިޔާވެރިކަމަށް ބަދަލުކޮށްލައެވެ. ހެޔޮ އެދުން ނުބައި އެދުމަށް ބަދަލުކޮށްލައެވެ.

ތިބާގެ ނަފްސަށް ލިބުން އެދޭ ކަމެއް އަނެކާއަށް ލިބުމަށް އެދުން، އަނެކާއަށް އެ ނިޢުމަތް ނުލިބި، އެ ނިޢުމަތް އަނެކާގެ ކިބައިގައިވާނަމަ އެ ނިޢުމަތް ފިލައިދިނުމަށް އެދުމަށް ބަދަލުކޮށްލައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ