"އެހެން މީހުންގެ ދިރިއުޅުމާ މެދު ގޮތް ނިންމުމުގެ ކުރިން އެމީހުންގެ ހާލަތު ބެލުން މުހިންމު. ފަހަރުގައި އެމީހަކީ ވަރަށް ބޮޑު ކަމެއް ތަހައްމަލު ކުރާ މީހަކަށްވެސް ވެދާނެ،" މުފްތީ ވިދާޅުވިއެވެ.
މީހަކަށް އަނިޔާވެރިވެއްޖެނަމަ ކޮންމެވެސް ދުވަހަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެ: މުފްތީ

މީހަކަށް އަނިޔާވެރިވެއްޖެނަމަ ކޮންމެވެސް ދުވަހަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެ: މުފްތީ
ލިޔުން:
މީހަކަށް އަނިޔާވެރިވެއްޖެނަމަ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
"އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން" މި މައުލޫއަށް ފުވައްމުލަކު ސިޓީގައި ދެއްވި ދަރުސްގައި މުފްތީ ވިދާޅުވީ، އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެއް ކަމަށާއި އެ ދީން ބާރު އަޅަނީ އެކަކު އަނެކަކަށް އިހްސާންތެރިކޮށް ކަންކަން ކުރުމަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށާއި މީހަކަށް އަނިޔާވެރިވެއްޖެ ނަމަ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ސިފައެއްގައި އެމީހަކަށް އެކަމުގެ ތަކުލީފު ﷲ ޖައްސަވާނެ ކަމަށެވެ. މުފްތީ މެންކް ވަނީ ނިކަމެތިންނަށް އެހީވުމަށްފަހު އެމީހުންގެ ނިކަމެތިކަމަށް މަލާމާތް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަނެކުންނަށް އޯގާތެރިވުމަކީ މާތް ﷲގެ ރަޙްމަތް ތަނަވަސްވާކަމެއްކަންވެސް މެންކް ފާހަގަކުރެއްވިއެވެ. އަދި އަނެކުންނަށް ދެރައާއި އިހާނެތިކޮށް ހިތުމަށްފަހު މާތް ﷲ އެކަން ދޫކޮށްލާނެކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެކަމަށާއި ދުނިޔެ މަތީގައި ނިކަމެތި ކޮށްލާ މީހާ މަޢާފްނުކޮށްފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް މާތް ﷲ އެކަމުގެ ބަދަލު ހިއްޕަވާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
