މާލެ: 31°C

ދެބަސްވުމުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަންނަންޖެހޭ: ޚުތުބާ

October 28, 2022
22 ފަހަރު ބަލާފައި
ދެބަސްވުމުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަންނަންޖެހޭ: ޚުތުބާ
ދެބަސްވުމުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަންނަންޖެހޭ: ޚުތުބާ
ޚިޔާލުތަފާތުވެ ދެބަސްވާ ޙާލާތްތަކުގައިވެސް އެކަކު އަނެއްކަކަށް އިޙްތިރާމާއި ގަދަރުކުރަން ދަންނަން ޖެހޭ ކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ. މުފްތީ މެންކް މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކޮއްދެއްވަމުން ވިދާޅުވި ހުކުރު ޚުތުބާގައެވެ. މިއަދުގެ ހުކުރު ހުތުބާގައި މައިގަނޑުގޮތެއްގައި އަލި އަޅުއްވާލެއްވީ ތަޤުވާވެރިކަމާއި، މާތްﷲ އާއި އިންސާނުންނާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށެވެ. މުފްތީ ވިދާޅުވީ، ދުނިޔެ މަތީގައި އިންސާނުން އެންމެ ގުޅުން ރަނގަޅުވާން ޖެހޭނީ މާތް ﷲ އާ ކަމަށެވެ. އެކަމަކު އެ ގުޅުމަކީ އިންސާނާގެ އުޅުމާއި އަޙްލާޤުގެ މައްޗަށް ބިނާވާ އެއްޗެއްކަން ފާހަގަކުރައްވާ، އެކަލާނގެއާ ގުޅުން ރަނގަޅުވާން އެދޭނަމަ، އެކަލާނގެ ހެއްދެއްވި އެހެން އިންސާނުންނާއި މަޙުލޫގުން އެބަތިބިކަން ދަންނަން ޖެހޭ ކަމަށް މުފްތީ ވިދާޅުވިއެވެ. މުފްތީ ވިދާޅުވީ، މިކަމުގައި އެންމެ މުހިންމު އެއް ކަމަކީ އެކަކު އަނެކަކަށް އިޙްތުރާމްކޮށް ގަދަރުކުރުން ކަމަށެވެ. މާތް ﷲ ހެއްދެވި އެހެން އިންސާނުންނާއި މަޙުލޫގުން ތިބިކަން ދަނެ، އިޙްތިރާމު ނުކުރެވޭ ނަމަ އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމު ކަމުގައި މުފްތީ ވިދާޅުވިއެވެ. "ތަފާތުތައް ހުންނާނެ ކަން މާތް ﷲ ދެނެވޮޑިގެންވޭ. ޚިޔާލު ތަފާތުވާނެކަން ވެސް އެކަލާނގެ ދެނެވޮޑިގެންވޭ. އެކަމަކު އެކަލާނގެ އަމުރުކުރައްވާފައި ވަނީ ދެބަސްވާ ހިނދުވެސް އެކަކު އަނެކަކާ މެދު އިހްތިރާމުކުރުންމަތީ ދެމިތިބުމަށް" މުފްތީ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ