މާލެ: 31°C

ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަކީ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ: ރައީސް ސޯލިހު

October 27, 2022
2 ފަހަރު ބަލާފައި
ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަކީ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ: ރައީސް ސޯލިހު
ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަކީ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ: ރައީސް ސޯލިހު
ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަމަކީ ދިވެހިންގެ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމްދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި އިސްލާމް ދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމަޢުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ކަންކަމުގެ ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަގޮތެއްގައި އިލްތިމާސްކުރެއްވިއެވެ. "މިއަދުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް. އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުން. މިއަދު ވެސް، އިއްޔެ ވެސް އަދި މާދަމާ ވެސް އަޅުގަނޑު އެންމެ އިސްކަން ދޭނީ މި ދެ ކަންތަކަށް. ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު، އެ މަތިވެރި ދީން އަޅުގަނޑުމެންނަށް ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ. އިސްލާމްދީނަކީ ވަރަށް ފުރިހަމަ އަދި ވަރަށް ޝާމިލް ނިޒާމެއް. އެ ދީން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ