މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފަ. މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފަ. މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ" ޑރ.ޝަހީމް ގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.
މިސްކިތުގެ ހުރުމަތް ކަނޑައި ކުޅިވަރު ކުޅުނު މައްސަލަ ބަލަން ފަށައިފި

މިސްކިތުގެ ހުރުމަތް ކަނޑައި ކުޅިވަރު ކުޅުނު މައްސަލަ ބަލަން ފަށައިފި
ލިޔުން:
މިސްކިތެއްގެި ތެރޭގައި ބިދޭސީން ތަކަކާއެކު ކުޅިވަރު މުބާރާތްތަކެއް ބާއްވާ މަންޒަރުފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު އެ މައްސަލަ ބަލަން ފަށާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީސައިދު ބުނެފިއެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި ރާއްޖޭގެ ރަށެއްގެ މުވައްސަސާ ތަކެއްގައި މަސައްކަތްކުރާ ސަރުކާރު މުވައްޒަފުންނާއި އެރަށުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ނުވަތަ ނަރުހުންވެސް ބައިވެރިކޮށްގެން މިސްކިތެެއްގެ ތެެރޭގައި ކުޅިވަރުތަކެއް ކުޅޭ މަންޒަރު ފެނެއެވެ. އެހެންކަމުން އެ ވީޑިއޯއާއި ގުޅިގެން އިސްލާމިކް މިނިސްޓަރ އެ މަނިކްފާނުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފައޮ ކަމަށާއި އަދި އެއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި ކަމަށެވެ.
އެއަށްފަހު މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވެ އިތުރު ޕޯސްޓެއް ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
