ރާއްޖެއާ އެއްމެ ގާތް ގައުމެއްގެ ގޮތުގައި އަބަދުވެސް ޗައިނާ އޮންނަން ބޭނުންވޭ: ރައީސް ޑރމުއިއްޒު

ރާއްޖެއާ އެއްމެ ގާތް ގައުމެއްގެ ގޮތުގައި އަބަދުވެސް ޗައިނާ އޮންނަން ބޭނުންވޭ: ރައީސް ޑރމުއިއްޒު
ލިޔުން:
ރާއްޖެއަކީ އަބަދުވެސް ޗައިނާގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ދެމިތިބުމަށާއި، ޒަމާންވީ ރަހުމަތްތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީއާ އެފްރިކާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި ޗައިނާއަށް ވަޑައިގެންނަވަމުން ރާއްޖޭގައި މަޑުކޮށްލެވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު އާއި ބައްދަލުކުރައްވައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ދެ ފަރާތުން ވެސް ވައުދުވެވަޑައިގަންނަވާފައިވާ ކަމަށާއި އަދި ރާއްޖެއަކީ އަބަދުވެސް ޗައިނާގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ދެމިތިބުމަށާއި، ޒަމާންވީ ރަހުމަތްތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިކަމަށް ޗައިނާގެ ސްޓޭޓް ކައުންސިލުން ބުނެފައިވެއެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވައި ފައިދާހުރި ގުޅުމެއް ގާއިމްވެގެންދާތީ އުފާފުޅުކުރައްވާ ކަމަށާއި އަދި ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ ގައުމުކަމަށްވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، މީގެ އިތުރުން ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ހިމާޔަތްކުރުމުގައި ޗައިނާގެ ލީޑަޝިޕް ރާއްޖެއިން ބަލައިގަންނަ ކަމަށާއި ބައިނަލްއަގްވާމީ އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގްވާމީ އަދި ސަރަހައްދީ ކަންކަމުގައި ޗައިނާއާ އެކު ގުޅުން ބަދަހިކޮށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.
އެ ބައްދަލުކުރެއްވުމުގައިޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ދެއްކެވި ވާހަކަފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ކުދި ގައުމުތަކާ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމާއި ހަމަހަމަ ކަމާއެކު އަމަލުކުރުމާއި، ތަރައްގީގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކޮށް އަދި ޗައިނާއާ އެކުވެރި ސިޔާސަތެއް ހަރުދަނާކޮށް، ވަން ޗައިނާގެ އުޞޫލަށް ފުރިހަމައަށް ޢަމަލުކުރާތީ، ރާއްޖޭގެ ރައީސް ޑރ މުއިއްޒު އަށާއި ރާއްޖޭގެ ސަރުކާރަށް ޗައިނާއިން ތަޢުރީފްކުރެއްވިކަމަށް ބުނެފައިވެއެވެ.
އަދި ރާއްޖޭގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގައި ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި، ރާއްޖޭގެ ޤައުމީ ޙާލަތަށް ފެތޭ ތަރައްޤީގެ މަގެއް އަމަލީގޮތުން ހޯދާނެކަމަށް ވަންގް ވިދާޅުވިކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
