އެހެންވީމާ އެ ފުރުސަތަށް އިންތިޒާރުކޮށްލައްވާށޭ. ގާނޫނީ ސަރުކާރެއް ހިނގަމުންދަނިކޮށް ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން މަސައްކަތްކޮށްގެން ނުވާނެ، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން ހިތްވަރުދިނުމަކީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށާއި، މަގުމަތިން ވެރިކަން ވައްޓާނުލެވޭނެ ކަމަށާއި، އެއީ ލކުރެވޭނެކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ ދިފާއުގައި މި މަހުގެ 31 ގައި އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.
ސަރުކާރު ވައްޓާލަން މަސައްކަތްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މަޖިލިސް ރައީސް އަބްދުއްރަހީމް

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މަޖިލިސް ރައީސް އަބްދުއްރަހީމް
ލިޔުން:
ގާނޫނީ ސަރުކާރެއް ހިނގަމުންދަނިކޮށް ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން މަސައްކަތްކޮށްގެން ނުވާނެކަމަށާއި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ކޮންމެ ފަސް އަހަރަކުން ރައްޔިތުންނަށް ލިބިގެންދާ ކަމަށެވެ. އަދި 2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ މަގުމަތިން ކަމަށް ބުނި ނަމަވެސް، އެއީ އެކަން ހިނގާދިޔަ ގޮތް ނޫން ކަމަށާއި، އެ ދުވަހުގެ ހާލަތު ހަމަޔަކަށް އަޅުވަން ސަލާމަތީ ބާރުތަކަށް އެންގެވިނަމަ، އެ ސަރުކާރު ނުވެއްޓޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
