63 މިލިއަން ރުފިޔާގެ އަސްކަރީ ސާމާނު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި

63 މިލިއަން ރުފިޔާގެ އަސްކަރީ ސާމާނު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި
ލިޔުން:
ދިފާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ކުރެއްވި ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން 63 މިލިއަން ރުފިޔާގެ އަސްކަރީ އެހީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އިންޑިއާގެ ވެރިރަށް ދިއްލީގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންހް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ތަމްރީނުގެ ޒަރިއްޔާއިން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމާ ބެހޭގޮތުން ބވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބައްދަލުކުރެއްވުމުގައި އުތުރު ތިލަ ފަޅު (ޔޫޓީއެފް) ސިފަވަރުގައި ކުރިއަށް ގެންދާ އެކަތަ ބަނދަރުގެ މަޝްރޫއު ހަލުވިކުރުމަށް އިންޑިއާ އާއި ރާއްޖޭގެ ދިފާއީ ވަޒީރު ވަނީ އެއްބަސްވެވަޑައިގެންފައި ކަމަށް އިންޑިއާގެ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މި ޕްރޮޖެކްޓަކީ ނޭވަލް ޑޮކްޔާޑެއް އެޅުމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށާއި، އަދި އެ ބައްދަލުވުމުގައި އިންޑިޔާ-މޯލްޑިވްސް ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕްގެ ޖޮއިންޓް ވިސްނުން ހަގީގަތަކަށް ހެދުމަށް ދެފަރާތުން ވެސް ވަރަށް ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް އިންޑިއާގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް ރާއްޖޭގައި ބެލެހެއްޓުމާއި ކުއްޔަށް ދިނުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި، އަދި އަންނަ މަހު ބެންގަލޫރުގައި ބާއްވާ އެރޯ އިންޑިއާ 2025 ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ގައްސާން އަށް ދައުވަތު އަރުވައިފައި ވާކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
