މާލެ: 31°C

ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ޚަލީލް ޔޫއޭއީއަށް ވަޑއިގެންފި

January 5, 2025
79 ފަހަރު ބަލާފައި
ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ޚަލީލް ޔޫއޭއީއަށް ވަޑއިގެންފި
ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ޚަލީލް ޔޫއޭއީއަށް ވަޑއިގެންފި
އިންޑިއާ ދަތުރުފުޅަށްފަހު ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ޔޫއޭއީ އަށް ވަޑައިގެންފި އެވެ. ފޮރިން މިނިސްޓްޓްރީން ހާމަކުރި ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއް ކަމަށެވެ. މި ދަތުރުފުޅުގައި ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާން އާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މީގެ އިތުރުން ފޮރިންގ މިނިސްޓަރ ޑރ. ހަލީލުގެ ދަތުރުފުޅުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ