މާލެ: 31°C

ޑިފެންސް މިނިސްޓަރު އަންނަ ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވާނެ: އިންޑިއާގެ ނޫސްތައް

January 5, 2025
68 ފަހަރު ބަލާފައި
ޑިފެންސް މިނިސްޓަރު އަންނަ ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވާނެ: އިންޑިއާގެ ނޫސްތައް
ޑިފެންސް މިނިސްޓަރު އަންނަ ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވާނެ: އިންޑިއާގެ ނޫސްތައް
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަންނަ ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ޖެނުއަރީ 7 އިން 8 އަށް އިންޑިއާއަށް ކުރައްވާ ދަތުރަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ ހަވާލުވި ފަހުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ދިއްލީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށާއި މި ދަތުރުފުޅު ކަށަވަރުކޮށްދެއްވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލް ހޮނިހިރު ދުވަހު އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ ދަތުރުފުޅުގެ ސަބަބުން ސަލާމަތީ ދާއިރާއިން ދެ ގައުމަށް ގުޅުން އިތުރުވެގެންދާނެ ކަމަށެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލި ނަމަވެސް ދިފާއީ މަޝްވަރާތަކާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ދަނީ ހިނގަމުންނެވެ. އެގޮތުން އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ ފަސް ވަނަ ބުރު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ބާއްވާފައެވެ. އެ ޑިފެންސް ޓޯކް ގައި ދެ ގައުމުގެ ދިފާއީ އެއްބާރުލުމާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާ ގުޅޭ ގޮތުންފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅާއެކު ދިފާއީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅަކީ ފޮރިން އަދި ފިނޭންސް މިނިސްޓަރުގެ ދަތުރުފުޅަށް ފަހު ފާއިތުވި ހަފުތާތަކުގައި މާލެއިން ދިއްލީއަށް ޖެހިޖެހިގެން ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. .

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ