މާލެ: 31°C

އަންހެނުންވެސް އިޢުތިކާފުގައި އިންނަން ޖެހޭނީ މިސްކިތުގައިތަ؟

December 26, 2024
2 ފަހަރު ބަލާފައި
އަންހެނުންވެސް އިޢުތިކާފުގައި އިންނަން ޖެހޭނީ މިސްކިތުގައިތަ؟
އަންހެނުންވެސް އިޢުތިކާފުގައި އިންނަން ޖެހޭނީ މިސްކިތުގައިތަ؟
އަންހެނުންވެސް އިޢުތިކާފުގައި އިންނަން ޖެހޭނީ މިސްކިތުގައިތޯ؟ އިޢުތިކާފުކުރުމަކީ އަޅުކަންކުރުމުގެ ޤަޞްދުގައި މިސްކިތުގައި އިނުމެވެ. މިއީ ވަރަށް މަތިވެރި އަޅުކަމެކެވެ. ފިރިހެނުންނަށް އިޢުތިކާފު ޞައްޙަވަނީ މިސްކިތުގައިކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އަންހެނުންވެސް އިޢުތިކާފުގައި އިންނަން ޖެހޭނީ މިސްކިތުގައިތޯ ނުވަތަ ގޭގައިތޯ މިއީ މިކަމުގައި ޢިލްމުވެރިން އިޚްތިލާފުވެވަޑައިގެންފައިވާ ކަމެކެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އަންހެނާގެ އިޢުތިކާފުވެސް ޞައްޙަވާނީ މިސްކިތުގައި ކަމަށެވެ. މިމައްސަލާގައި ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅު ދަލީލުގެ ގޮތުން ވަރުގަދައެވެ. އޭގެ ބައެއް ދަލީލުތަކަކީ ހ- ކީރިތި ޤުރްއާނުގައި އެކަމަށް ދަލާލަތުކުރާ މިފަދަ އާޔަތްތައް އައިސްފައިވުމާއި وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ -[البقرة: 187] “އަދި ތިޔަބައިމީހުން މިސްކިތްތަކުގައި އިޢުތިކާފަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ. (ޖިމާޢުނުވާށެވެ)” وَعَهِدْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ أَنْ طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ [البقرة: 125] “އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބޭކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ.” ށ- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބި އަނބި ކަނބަލުންގެ އަރިހުން އެކަނބަލުން މިސްކިތުގައި އިޢުތިކާފަށް ތިއްބެވިކަން ޞައްޙަގޮތުގައި ޘާބިތުވުމާއި، ގޭގައި އެކަނބަލުން އިޢުތިކާފަށް ތިއްބަވަން ބޭނުންފުޅުވެވަޑައިގަތްނަމަ، އެކަން ކުރެއްވުމުގެ ފުރުޞަތު އެކަނބަލުންނަށް ލިބިވަޑައިގެންފައިއޮތުމާއެކުވެސް، އެކަން އެގޮތަށް ކުރެއްވިކަމަށް ޞައްޙަގޮތުގައި ޘާބިތުވެފައި ނުވުމާއި ނ- ގޭގައި ނަމާދުކުރާ ތަނަކީ މިސްކިތުގެ ޙުކުމް އެތަނަށް ހިނގާ ތަނަކަށް ނުވުން މިދަލީލުތަކެވެ. ވީމާ، ފިރިހެނުންވެސް އަދި އަންހެނުންވެސް އިޢުތިކާފު ޞައްޙަވާނީ މިސްކިތުގައެވެ. ވަﷲ އަޢުލަމު   މަރްޖިޢުތައް الموسوعة الفقهية” (5/212) : مجموع الفتاوى لابن عثيمين رحمه الله (20/264) : https://islamqa.info/ar/answers/50025

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ