މާލެ: 31°C

އެޗްޑީސީ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި

December 24, 2024
28 ފަހަރު ބަލާފައި
އެޗްޑީސީ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި
އެޗްޑީސީ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި
ހިޔާނާތުގެ ތުހުމަތުތަކާއިއެކު ސަސްޕެންޑްކުރި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އުވާލައިފި އެވެ. ޕީސީބީން ބުނީ އެޗްޑީސީއަށް އާ މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. މި މަހުގެ 19 ގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑްކޮށްފައި ވަނީ ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ގޯތި ތަކުގެ ތެރެއިން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމުގެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލުމާއި ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ސަސްޕެންޑް ކުރި ފަހުން އިސްތިއުފާ ދެއްވާފަ އެވެ. ފަޒުލްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، ވަގު ގޯތީގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. ފަޒުލްގެ ބަދަލުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި މައުރޫފް ޖަމީލު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ