ފުލުހުންގެ ތަހުގީގު ހިނގަމުން ދަނިކޮށް އެޗްޑީސީން 10 ލެޕްޓޮޕް ވަގަށް ނަގައިފި!

ފުލުހުންގެ ތަހުގީގު ހިނގަމުން ދަނިކޮށް އެޗްޑީސީން 10 ލެޕްޓޮޕް ވަގަށް ނަގައިފި!
ލިޔުން:
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އެ ކުންފުނީގެ 10 ލެޕްޓޮޕެއް ވަގަށް ނަގައިފި އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އެޗްޑީސީގެ ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައެއް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ލެޕްޓޮޕްތައް ވަގަށް ނަގާފައި ވަނީ އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓާއި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުންނެވެ. އެ ލެޕްޓޮޕްތައް ވަގަށް ނަގާފައި ވަނީ މިދިޔަ ހުކުރު ދުވަހާއި އިއްޔެ އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދަށް ވަގު ލިޔުމެއް ތައްޔާރުކޮށްގެން ގޯއްޗެއް ދިން މައްސަލައެއް ދާދިފަހުން ވަނީ ފަޅާއަރައިފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގެ ހެކި ނައްތާލުމަށް އެޗްޑީސީގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ދިޔައީ ވާހަކަދެމެވެމުންދިޔަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ސީސީޓީވީ ކެމެރާ ބަލައިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
