މާލެ: 31°C

އުދާސްތައް ބަންޑުން ކޮށްލައްވަމުން، ފެނަކަ އެމްޑީ މުއާޒް އިސްތިޢުފާ ދެއްވައިފި

December 23, 2024
12 ފަހަރު ބަލާފައި
އުދާސްތައް ބަންޑުން ކޮށްލައްވަމުން، ފެނަކަ އެމްޑީ މުއާޒް އިސްތިޢުފާ ދެއްވައިފި
އުދާސްތައް ބަންޑުން ކޮށްލައްވަމުން، ފެނަކަ އެމްޑީ މުއާޒް އިސްތިޢުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެކްސްގައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑު ކުރުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަށް ވެއްޓިފައިވާ ކަމަށެވެ.

އެހެންވެ، އޭނާ ހުންނަވައިގެން އިތުރަށް ކަންކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން އިސްތިއުފާ ދެއްވީ ކަމަށް މުއާޒު ވިދާޅުވި އެވެ

އިސްތިއުފާގެ ސިޓީގައި މުއާޒު ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރެއްވީ ގިނަ ގޮންޖެހުންތަކާ އެކު ކަމަށެވެ. އެކަމަކު، ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރެއްވި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލް ނުކުރެވޭ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

ނަމަވެސް، ކުންފުނިތަކަކީ، އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގަން ޖެހޭ ތަނަކަށް ވިއަސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން ކުރުމަކީ މުސްތަހިިއްލު ކަމެއް ކަމަށް މުއާޒު ވިދާޅުވި އެވެ.

...ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގު އެއްކޮށް ރަނގަޅު ކުރެވިފައި ނުވުމާއި ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގެ 4.3 ބިލިއަން ރުފިޔާ އޮތުމާއި ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުން ހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާ އަށް އިތުރުވެފައި ވާތީ އެވެ،" އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާލަތްތަކާ އެކު ވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އޭގެ ތެރެއިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ