މާލެ: 31°C

ޒަމްޒަމް ފެން އެހެން ފެނަކާ އެއްކުރުމުން އޭގެ ބަރަކާތް ކެނޑޭނެތަ

December 23, 2024
2 ފަހަރު ބަލާފައި
ޒަމްޒަމް ފެން އެހެން ފެނަކާ އެއްކުރުމުން އޭގެ ބަރަކާތް ކެނޑޭނެތަ
ޒަމްޒަމް ފެން އެހެން ފެނަކާ އެއްކުރުމުން އޭގެ ބަރަކާތް ކެނޑޭނެތަ
ޒަމްޒަމްފެން އެހެން ފެނަކާ އެއްކޮށްފިނަމަ، އެ ފެނުގައި ޒަމްޒަމް ފެން އެ ހުރި ނިސްބަތަކަށް (އެ މިންގަނޑަކަށް) އެ އެއްކުރެވުނު ފެނުގައި ބަރަކާތް ހުންނާނެއެވެ. އެއީ އެ އެއްކުރެވުނުފެން ބޯމީހާ އެ ފެން ބުއިމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޒަމްޒަމް ފެން އޭނާއަށް ބޮވޭނެއެވެ. އެހެންކަމުން އޭނާ ޒަމްޒަމް ފެން ބުއިކަމަށް ބުނުން، އެފަދަ ޙާލަތެއްގައި ދޮގަކަށް ނުވާނެއެވެ. އަލްކަސާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޒަމްޒަމް ފެން ނޫނީ ނުބޯން މީހަކު ހުވާކޮށްފައިވަނިކޮށް، ޒަމްޒަމް ފެނުގެ ތެރެއަށް އެހެނިހެން ފެން އަޅައި ޒަމްޒަމްފެނުގެ މަދުމިންވަރެއްނޫނީ އެ އެއްކުރެވުނު ފެނުގައި ނެތިއްޖައުމަށް ދަންދެން އެހެނިހެން ފެން އެޅިނަމަ، އަދި އޭނާ އެއިން ބުއިނަމަ، އޭނާ ހުވާ އުފާލައިފިއެވެ. އަދި އެ ހުވާގެ ކައްފާރާ ދޭން ޖެހޭނެއެވެ.” “بدائع الصنائع” (3/63) . ޝައިޚް އިބްނު ޖިބްރީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ޒަމްޒަމް ފެނާއި އާދައިގެފެން އެއްކޮށްފިނަމަ އެއަށް އަންނާނީ ޒަމްޒަމް ފެނުގެ ޙުކުމްތޯއެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. “އެންމެ އިތުރުކަން ބޮޑުގޮތަކީ ޒަމްޒަމްފެން އެހެން ފެނަކާ އެއްނުކޮށް ބުއިމެވެ. އެހެން އެއްޗަކާ އެއްކުޅަނަމަ ވެސް އޭގެ މާތްކަން ދެމިހުންނަ ހުއްޓެވެ. އަދި އެއިން ފަރުވާކުރުންވެސް ހުއްދައެވެ. އެކަމަކު އެހެން އެއްޗަކާ އެއްނުކޮށް ހުންނަ ޚާލިޞް ޒަމްޒަމްފެނަށްވުރެ އޭގެ ފައިދާ އުނިވާހުއްޓެވެ.” “موقع الشيخ ابن جبرين”.ޒަމްޒަމް ފެނަކީ ޒަމްޒަމް ފެނަކީ
  • ބަރަކާތްތެރި ފެނެކެވެ.
  • ބިންމަތީގައިވާ އެންމެ މާތް ފެނެވެ.
  • ބަލިތަކަށް ޝިފާ ލިއްބައިދޭ ފެނެކެވެ.
  • ކާއެއްޗަކަށް އަދި ބުއިމަކަށް ފުދޭ ފެނެކެވެ.
  • އިތުރު ފައިދާތަކެއް ލިއްބައިދޭ ފެނެކެވެ.
  • އެބުއި ކޮންމެ ކަމަކަށް ފުދޭ ފެނެކެވެ.
މަރްޖިޢު https://islamqa.info/ar/answers/153234

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ