މާލެ: 31°C

މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމާއި، ވައިބޭރުވުމުން ހުނުން ނަހީވެގެންވުން

December 21, 2024
2 ފަހަރު ބަލާފައި
މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމާއި، ވައިބޭރުވުމުން ހުނުން ނަހީވެގެންވުން
މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމާއި، ވައިބޭރުވުމުން ހުނުން ނަހީވެގެންވުން
މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކާ ޚިލާފުކަމެކެވެ. އަދި ވައިބޭރުވުމުން އެކަމާހެދި ހުނުމަކީ ނަހީވެގެންވާ ކަމެކެވެ. عن عبد الله بن زَمْعَةَ رضي الله عنه أن النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعَظَهُمْ فِي ضَحِكِهِمْ مِنْ الضَّرْطَةِ وَقَالَ : (لِمَ يَضْحَكُ أَحَدُكُمْ مِمَّا يَفْعَلُ) -رواه البخاري (4942) ومسلم (2855) ޢަބްދުﷲ ބިން ޒަމްޢަތު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވައިބޭރުވުމުގެ ސަބަބުން ހުނުމާބެހޭގޮތުން އަހަރެމެންނަށް ނަޞީޙަތްދެއްވިއެވެ. (ޔަޢުނީ އެކަން ނުކުރުމަށް އިރުޝާދު ދެއްވިއެވެ) އަދި ޙަދީޘްކުރެއްވިއެވެ. “ފަހެ އޭނާ އަމިއްލައަށް(ވެސް) ކުރާ ކަމަކާމެދު އޭނާ ހޭންވީ ކީއްވެހެއްޔެވެ؟” عَنْ جَابر بنِ عَبْدِ الله رضي الله عَنْهُ أَنَّ النَّبِيَّ صَلَّي اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الضَّحكِ مِنَ الضَّرطَةِ – صحيح الجامع 6896 ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވައިބޭރުވުމުގެ ސަބަބުން ހުނުން ނަހީކުރެއްވިއެވެ.” އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެހެންމީހަކު ވައިބޭރުކުރުމުގެ ސަބަބުން ތިމާ ހުނުންވެސް މިނަހީގެ ތެރެއަށް ވަދެއެވެ. އެންމެ ރަނގަޅުގޮތަކީ އެކަން އެއީ ނުވާކަމެއް ހަދައި ވާހަކަދެއްކުމައިގެން ނުވަތަ އެކުރަމުން ދިޔަ ކަމަކައިގެން ކުރިޔަށް ދިޔުމެވެ.. އެކަމަށް ސަމާލުކަން ނުދޭނީއެވެ. ނުވަތަ އޭނާއަށް އެއަޑު ނީވޭކަމަށް ހަދާނީއެވެ.” ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައި ބުނެފައިވެއެވެ. “(މީހުންގެ ތެރޭގައި) ގަސްތުގައި ބާރަށް ވައި ބޭރުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ހުނުންވެސް މެއެވެ. އެއީ މުރުއްވަތްތެރިކަމާއި ރިވެތި އަޚްލާޤާ ޚިލާފުކަމަކަށްވާތީއެވެ.” ޢުޛުރެއްގެ ސަބަބުން މިސާލަކަށް ވައިބޭރުވުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، ނުވަތަ ފުރަގަސްފަރާތުގައި ބައްޔެއް ހުރުމުގެ ސަބަބުން ވައި ނުހިފޭއްޓިގެން، އަޑުހަރުކޮށް ވައިބޭރުވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކުވެސް އެކަމާމެދު އެހެން މީހުން ހީ ހެދުމަކީ ހުއްދަކަމެއް ނޫނެވެ.   މަރްޖިޢު https://islamqa.info/ar/answers/138040

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ