މާލެ: 31°C

ބަނގުރާ ގަތުމުގައި އެހީތެރިވެދިނުން

December 18, 2024
2 ފަހަރު ބަލާފައި
ބަނގުރާ ގަތުމުގައި އެހީތެރިވެދިނުން
ބަނގުރާ ގަތުމުގައި އެހީތެރިވެދިނުން
ސުވާލު: މުސްލިމަކަށް ނުވަތަ ޣައިރުމުސްލިމަކަށް ރާ ގަނެދިނުމަށްޓަކައި ފައިސާގެ އެހީވުން އަދި އެފަދަ ތަކެތި އޭނާއަށް ގެނެސްދިނުން، އެތަކެތި ފޯރުކޮށްދިނުމަށްޓަކައި ސަވާރީގައި އެހީތެރިވުން މިކަންކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ — ޖަވާބު الحمد لله ރާ ނުވަތަ އެނޫންވެސް ފާފައިގެ ތެރޭގައި ހިމެނޭ އެއްޗެއް ގަތުމަށްޓައި މުސްލިމަކަށް ނުވަތަ ކާފިރަކަށް އެހީތެރިވުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ކުރާ މީހަކީ ގެއްލެނިގެންވާ މީހެކެވެ. ފާފަވެރިވާނޭ މީހެކެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ މިފަދަ ކަންކަމަށް އެހީތެރިވުން ނަހީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ﴿ المائدة ٢﴾ މާނައީ: ” އަދި ހެޔޮކަންތައް ކުރުމާއި ބިރުވެތިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރި ނުވާށެވެ” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ރަލާބެހޭގޮތުން ދިހަ މީހަކަށް ލަޢުނަތް ހުރި ކަމުގައި ޙަދީޘްކުރައްވާފައެވެ. عن أنس بن مالك قال لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشَرَةً : عَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إلَيْهِ ، وَسَاقِيَهَا ، وَبَائِعَهَا ، وَآكِلَ ثَمَنِهَا ، وَالْمُشْتَرِيَ لَهَا ، وَالْمُشْتَرَاةَ لَهُ – عن أنس بن مالك قال : رواه الترمذي : ( 1259 ) وابن ماجه ( 3381 ) .والحديث : صححه الشيخ الألباني في ” صحيح الترمذي ” رقم ( 1041 ) . މާނައީ އަނަސް ބިން މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. “ރަލާ ގުޅުންހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘްކުރެއްވިއެވެ. އެއީ ރާ ހަދާ މީހާއަށާއި، ރާ ހަދުވަން އެދޭމީހާއަށާއި، ރާ ބޯމީހާއަށާއި، ރާ އުފުލާ މީހާއަށާއި، ރާ އުފުލުވަން އެދޭމީހާއަށާއި، ރާ ބޯންދޭމީހާއަށާއި، ރާ ވިއްކާ މީހާއަށާއި، ރަލުގެ އަގުގެ ބޭނުންކުރާ މީހާއަށާއި، ރާ ގަނެދޭ މީހާއަށާއި، ރާ ގަނުވަން އެދޭ މީހާއަށެވެ” ރާބޯމީހާ، ނުވަތަ އެ ބުއިމަށް އެހީތެރިވެދޭ މީހާ އަކީ މި ޙަދީޘްގައި ވާރިދުވެފައިވާ ލަޢުނަތް އެމީހަކަށް ޙައްޤުވެގެންދާނޭ މީހެކެވެ. އެއްވެސް މީހަކަށް ރާ ބުއިމަށްޓަކައި ނުވަތަ އެނޫންވެސް ޙަރާމް ކަމެއް ކުރުމަށްޓަކައި އެހީތެރިވުން ތިބާއަށް ހުއްދަވެގެން ނުވެއެވެ. والله أعلم .

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ