ޤަޟާޙާޖަތްކުރާމީހާ ކުރުން ޙަރާމްވެގެންވާ ކަންކަން

ޤަޟާޙާޖަތްކުރާމީހާ ކުރުން ޙަރާމްވެގެންވާ ކަންކަން
ލިޔުން:
ހުއްޓި އޮންނަ (ދައުރު ނުކުރާ) ފެނަށް ކުޑަކަމުދިޔުމަކީ ޙަރާމް ކަމެކެވެ. އެއީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުގެ ސަބަބުންނެވެ.
عَنْ جَابِرٍ، عَنْ النَّبِيِّ صلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّهُ نَهَى عَنِ الْبَوْلِ فِي الْمَاءِ الرَّاكِدِ. [رواه مسلم برقم 281 ونحوه عند البخاري 239 ]
“ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ހުއްޓި އޮންނަ (ދައުރު ނުކުރާ) ފެނަށް ކުޑަކަމުދިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.”
އަދި އޭނާ ކުޑަކަމުދާއިރު އޭނާގެ ކަނާއަތުން ޛަކަރުގައި ހިފުމާއި ކަނާއަތުން އިސްތިންޖާކުރުމަކީވެސް ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘުގެ ސަބަބުންނެވެ.
((إِذَا بَالَ أَحَدُكُمْ فَلاَ يَأْخُذَنَّ ذَكَرَهُ بِيَمِيْنِهِ، وَلاَ يَسْتَنْجِ بِيَمِيْنِهِ)) [رواه البخاري برقم 154 واللفظ له ومسلم برقم 267] މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ކުޑަކަމުދާ ހިނދު އޭނާގެ ޛަކަރުގައި ކަނާތުން އޭނާ ނުހިފާހުށިކަމެވެ. އަދި ކަނާތުން އޭނާ އިސްތިންޖާނުކުރާހުށިކަމެވެ.”
މީސްތަކުން ހިނގާ ބިނގާވެ އުޅޭ މަގުތަކަށާއި ހިޔާގަނޑުގަނޑަށާއި ޢާއްމު ބަގީޗާ ނުވަތަ ޕާރކުފަދަ ތަންތަނަށާއި މޭވާ އަޅާ ގަސްދޮށަށާއި ފެން ނަގާ ތަންތަނަށް ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިޔުމަކީ ޙަރާމްކަމެކެވެ. އެއީ މުޢާޛު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ މި ޙަދީޘުގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ)) [رواه أبو داود برقم 26 وابن ماجة برقم 328 وإسناده حسن. انظر إرواء الغليل 1/100] މާނައީ “ލަޢުނަތް ލިއްބައިދޭ ތިންކަމަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. (އެއީ) ފެން ނަގާ ތަންތަނަށާއި މަގު މެދަށާއި ހިޔާގަނޑުގަނޑަށް ބޮޑުކަމު ދިޔުމެވެ.”
އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((اتَّقُوا اللَّعَّانَيْنِ )) قَالُوْا: وَمَا اللاَّعِنَانِ يَا رَسُوْلَ اللهِ؟ قَالَ: ((الَّذِيْ يَتَخَلَّى فِيْ طَرِيْقِ النَّاسِ أَوْ فِي ظِلِّهِمْ)) [رواه مسلم برقم 269] މާނައީ: “ލަޢުނަތްލިއްބައިދޭ ދެކަމަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ.” އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ! އެ ލަޢުނަތްލިއްބައިދޭ ދެކަމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއީ މީސްތަކުން ހިނގައިބިނގައިއުޅޭ މަގުމަގަށް ޤަޟާޙާޖާކުރާމީހާގެ އެކަމާއި އެބައިމީހުން އަރާމުކުރުމަށް މަޑުކުރާ ހިޔާގަނޑުގަނޑަށް ޤަޟާޙާޖާކުރާމީހާގެ އެކަމެވެ.”
ހަމައެފަދައިން ކީރިތި ޤުރުއާން ކިޔެވުންވެސް އޭނާގެ މައްޗަށް ޙަރާމްވެގެންވެއެވެ. އަދި ޖަނަވާރުގެ ނަޖިހުން އިސްތިޖްމާރު ކުރުމާއި ޖަނަވާރުގެ ކަށިން އިސްތިޖްމާރު ކުރުމާއި ކާތަކެތިން އިސްތިޖްމާރު ކުރުމަކީވެސް ޙަރާމްވެގެންވާ ކަންކަމެވެ. އެއީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުގެ ސަބަބުންނެވެ.
نَهَى النَّبِيُّ صلىَّ اللهُ عَلَيْهِ وَسَلَّمَ أَنْ يُتَمَسَّحَ بِعَظْمٍ أَوْ بِبَعْرٍ.)) [رواه مسلم برقم 263] “ޖަނަވާރުގެ ކަށްޓާއި ޖަމަލުގެ އެތިކޮޅުތައް(( ބޭނުންކޮށްގެން ނަޖިސްފިލުވައިލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.”
އަދި މުސްލިމުންގެ ޤަބުރުސްތާނަށް ޤަޟާ ޙާޖާތްކުރުމަކީވެސް ޙަރާމްވެގެންވާ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((لاَ أُبَالِي أَوَسَطَ الْقُبُورِ قَضَيْتُ حَاجَتِي أَوْ وَسَطَ السُّوقِ )) [رواه ابن ماجه برقم (1567) وصححه الألباني في إرواء الغليل (1/ 102] މާނައީ: “(އެމީހަކީ) ތިމަން ޤަޟާ ޙާޖަތްކުރީ ޤަބުރުތަކުގެ މެދުގައިތޯ ނުވަތަ ބާޒާރުގެ މެދުގައިތޯ ނުބަލާމީހެކެވެ.”
***********************************
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
