ދިވެހިރާއްޖެއިން ބާއްވާ ފުރަތަމަ "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް" އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފަށައިފި

ދިވެހިރާއްޖެއިން ބާއްވާ ފުރަތަމަ "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް" އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފަށައިފި
ލިޔުން:
ދިވެހިރާއްޖެއިން ބާއްވާ ފުރަތަމަ "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް" އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރީން ބުނި ގޮތުގައި މި ޒަކާތު ކޮންފަރެންސް ބޭއްވުމުގެ މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތުގެ މަންފާ އޭގެ ޙައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތްތަކާމެދު މަޝްވަރާ ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ފަހިވާނެހެން ޒަކާތު ފަންޑު ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވާ ކޮންފަރެންސް އެކެވެ.
މި ކޮންފަރެންސްގައި މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޒަކާތުގެ އިލްމާ ގުޅޭ ދާއިރާގެ ބޭފުޅުން ބައިވެރިވަޑައިގަނަވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ދިނީ ޢިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތްތަކުގައި ބައިވެރިވާ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން މި ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވާއިރު، މި ކޮންފަރެންސްގައި އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤުތިޞާދީ ހަމަޖެހުމަ ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓަރީން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތުހައުސް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން މޯލްޑިވްސް ޒަކާތު ހައުސް އުފައްދައި އިފުތިތާހުކޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ 2 ގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
