މާލެ: 31°C

މެލޭޝިއާގެ ޖޮހޯރ ބަޙްރް ގެ ހުރިހާ ފިރިހެނުން ހުކުރު ނަމާދަށް ދޭތޯ ބެލުމަށް އެސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއާޒް ޑިޕާޓްމަންޓަށް އަންގައިފި

November 26, 2024
2 ފަހަރު ބަލާފައި
މެލޭޝިއާގެ ޖޮހޯރ ބަޙްރް ގެ ހުރިހާ ފިރިހެނުން ހުކުރު ނަމާދަށް ދޭތޯ ބެލުމަށް އެސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއާޒް ޑިޕާޓްމަންޓަށް އަންގައިފި
މެލޭޝިއާގެ ޖޮހޯރ ބަޙްރް ގެ ހުރިހާ ފިރިހެނުން ހުކުރު ނަމާދަށް ދޭތޯ ބެލުމަށް އެސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއާޒް ޑިޕާޓްމަންޓަށް އަންގައިފި
މެލޭޝިއާގެ ޖޮހރ ބަޙްރްގެ ހުރިހާ ފިރިހެނުން ހުކުރު ނަމާދަށް ދޭތޯތޯ ބެލުމަށް އެ ސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއާޒް ޑިޕާޓްމަންޓަށް އަންގައިފިއެވެ. 11 އަހަރު ފަހުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މެލޭޝިއާގެ ޖޮހޯރ ބަޙްރް ގެ ހަފްތާ ބަންދަކީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަސްކަމުގައި ކަނޑައަލާފައިވާތީ، އެ ސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއާޒް ޑިޕާޓްމަނޓުން ވަނީ އެ ސްޓޭޓްގެ ހުރިހާ ވިޔާފާރިވެރިންނަށާއި ސްކޫލުތަކަށް އެ ތަންތަނުގައި ތިބޭ މުސްލިމު ފިރިހެނުންނަށް ހުކުރުނަމާދަށް ދެވޭނެ އިންތިޒާމު ހަމަޖައަސައި ދިނުމަށް ގޮވާލާފައެވެ. ޖޯހޯރު އިސްލާމިކް ރިލިޖަސް އެފެއާޒް ކޮމިޓީގެ މުގައްރިރު މުހައްމަދު ފަރީދު މުހައްމަދު ޚާލިދު ވިދާޅުވެފައިވަނީ ހަފުތާ ބަންދުގެ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހަށް ބަދަލުކުރުމަށް އެ ސްޓޭޓުން އެޅި ފިޔަވަޅާ ގުޅިގެން މުސްލިމް ފިރިހެނުންނަށް ހުކުރު ނަމާދު ކުރުމުގައި އެއްވެސް ބަހަނާއެއް ނުދެއްކޭނެ ކަމަށާއި އެގޮތުން އެ ސްޓޭޓުގެ ހުރިހާ މުސްލިމް ފިރިހެނުން ހުކުރު ނަމާދަށް ހާޒިރުވޭތޯ ބެލުމަށް ޖޯހޯރު އިސްލާމިކް ރިލިޖަސް އެފެއާޒް ޑިޕާޓްމަންޓް (ޖައިންޖޭ) އިން އެންފޯސްމަންޓް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖޯހޯރު އިސްލާމިކް ރިލިޖަސް ޑިޕާޓްމަންޓް އިން މިހާރުވެސް ވަޒީފާ ދޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށާއި އެ އެންމެން ވެސް އެއްބަސްވީ އެ މީހުންގެ މުސްލިމް މަސައްކަތްތެރިންނަށް ހުކުރު ނަމާދު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދެ ގަޑިއިރުގެ ބްރޭކެއް ދޭންކަމަށާއި އެހެންކަމުން އެފުރުސަތު ނުލިބޭ ފިރިހެން މުސްލިމް މުވައްޒަފުން ލޭބާ ޑިޕާޓްމަންޓަށް ރިޕޯޓް ހުށަހަޅަން ޖެހޭ ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. ޖޯހޯރު އިސްލާމިކް ރިލިޖަސް އެފެއާޒް ކޮމިޓީގެ މުގައްރިރު މުހައްމަދު ފަރީދު ސްޓޭޓް އެސެމްބްލީގައި ވިދާޅުވީ ޖޯހޯރު މުފްތީ ޑިޕާޓްމަންޓުން ސްކޫލުތަކުގެ ކޮމްޕައުންޑްތަކުގެ ތެރޭގައި ހުކުރު ނަމާދު ކުރެވޭނެ އުސޫލެއް ނެރޭނެ ކަމަށާއި ޖޯހޯރު އިސްލާމިކް ރިލިޖަސް އެފެއާޒް ކޮމިޓީން މީގެ ކުރިން ވަނީ ގިނަ ސަބަބުތަކަކާ ހުރެ ހުކުރު ނަމާދު ކުރުމުގައި ދަތިތަކެއް ހުރި 26 ސްކޫލެއް ފާހަގަކޮށްފައިކަމަށާއި، އެހެންކަމުން އެ ސްކޫލްތަކުން ސްޓޭޓް މުފްތީ ޑިޕާޓްމަންޓަށް ހުށަހެޅީ އެ ސްކޫލުތަކުގެ ޓީޗަރުންނާއި ދަރިވަރުންނަށް ހުކުރު ނަމާދު ކުރެވޭނެ ގޮތަށް އެ ސްކޫލުތަކުގެ ކޮމްޕައުންޑްތަކުގައި ހުންނަ ނަމާދުކުރާތަން އަޕްގްރޭޑް ކުރުމަށްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ