ލަދުވެތި ގުނަވަނުގެ އިސްތަށިތައް ނުބާލާ ބެހެއްޓިދާނެތަ؟ ފާފަވެރިވާނެތަ؟

ލަދުވެތި ގުނަވަނުގެ އިސްތަށިތައް ނުބާލާ ބެހެއްޓިދާނެތަ؟ ފާފަވެރިވާނެތަ؟
ލިޔުން:
މައުލޫމާތު ދެއްވީ ޝެއިޙް މުޙައްމަދު ޝާފިއު
ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުމަކީ ފިޠުރަތުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللِه صَلَّى اللهُ عَلَيْهِ وَسَلَّمَ: ((خَمْسٌ مِنَ الْفِطْرَةِ: الاِسْتِحْدَادُ، وَالْخِتَانُ، وَقَصُّ الشَّارِبِ، وَنَطْفُ الإِبْطِ، وَتَقْلِيْمُ الأَظَافِرِ )) [متّفق عليه: رواه البخاري برقم (5889)، ومسلم برقم (257).]
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއްވެއެވެ. އެއީ ލަދުވެތި ގުނަވަނުގެ ވަށައިގެންހުންނަ އިސްތަށިތައްބޭލުމާއި، ޚިތާނުކުރުމާއި، މަތިމަސް ކުރުކޮށް ކޮށުމާއި، ކިހިލިފަތް ދަށުގައިހުންނަ އިސްތަށިތައް އުފުރުމާއި، ނިޔަފަތިތައް ކެނޑުމެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅުން އެނގޭ ގޮތުގައި ލަދުވެތި ގުނަވަނުގެ އިސްތަށިތައް ނުބާލައި 40 ދުވަހަށްވުރެ ގިނަދުވަސް ވަންދެން ބެހެއްޓުމަކީ ހުއްދަކަމެއް ނޫނެވެ.
عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً . رواه مسلم (258)
އަނަސް ބުން މާލިކް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މަތިމަސް ކުރުކުރުމަށާއި ނިޔަފަތި ކެނޑުމަށާއި ކިހިލިފަތުގެ އިސްތަށިތައް އުފުރުމަށާއި ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުން، ސާޅީސް ރެއަށްވުރެ ލަސް ނުކުރުމަށް އަހަރެމެންނަށް ވަގުތު ކަނޑައެޅިގެންވެއެވެ.
ވީމާ، މި ޙަދީޘުން އެނގުނު ޙުކުމަކީ، ލަދުވެތި ގުނަވަނުގެ އިސްތަށިތައް ނުބާލައި އެންމެ ގިނަވެގެން ބެހެއްޓޭނެ މުއްދަތަކީ 40 ދުވަސް ކަމެވެ. އަދި އޭގެ ފަހުގައި ނުބާލާނަމަ ފާފަވެރިވާނޭކަމެވެ.
ވަﷲ އަޢުލަމު
މަރްޖިޢު
https://islamqa.info/ar/answers/100264
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
