ސިޔާސީ ވާދަވެރިއަކަށް ވީތީ ޖަލަށްލުން ތާއަބަދަށް ނިމުމަކަށް ގެނެސްފިން: ރައީސް މުއިއްޒު

ސިޔާސީ ވާދަވެރިއަކަށް ވީތީ ޖަލަށްލުން ތާއަބަދަށް ނިމުމަކަށް ގެނެސްފިން: ރައީސް މުއިއްޒު
ލިޔުން:
ސިޔާސީ ވާދަވެރިއަށްވީތީ ޖަލަށްލާތަން ދެން ނުފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ފުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ވާދަވެރިއަށްވީތީ ޖަލަށްލީތަން ވޭތިވެދިޔަ އަހަރުގެ ތެރޭގައި ފެނިފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ނުފެންނާނެ ކަމަށެވެ. އެގޮތުން ޒަމާނުންސުރެ ރާއްޖޭގައި އޮތް ސިޔާސީގޮތުން ބަދަލުހިފުމުގެ ރޫހު ނައްތާލެވިފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ކުރީގެ ސަރުކާރު ތަކުން އެކި ނަންނަމުގައި ރިޔާސީ ކޮމިޝަން ތައް ހައްދަވައިގެން ސިޔާސީ މީހުންގެ ފަހަތުން ގޮސްފައިވާކަމަށާއި ނަމަވެސް މި ސަރުކާރުން އެކަންވެސް ނުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ބަދަލު ހިފުމުގެ ގޮތުން މީހުން ފްރޭމްކޮށްގެންނާއި އެކިއެކި ގޮތް ގޮތުން އަނިޔާވެރިކަމާއި އެކު ހައްޔަރުކޮށް ޖަލަށްލާފައިވާ ކަމަށާއި އެކަމުގައި ތިމާގެ މީހެއް އެކުވެރިއަކަށް ވެސް އޭރު ބަލާފައި ނުވާ ކަމަށާއި އެގޮތުން ސިޔާސީ ގޮތުޔން ވާދަވެރިއެއްކަމަށް ހީވާ މީހެއްވެއްޖެޔާ އެމީހަކު ދުރަށްލާ އެމީހަކަށް އަނިޔާވެރިވެފައިވާކަމަށެވެ. އެހެންކަމުން އެފަދަކަންކަންކުރުން މި ވެރިކަމާއި އެކު ތާއަބަދަށް ނިމިގެން ގޮސްފައިވާކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ނުހައްގުން ދައުލަތުން ފައިދާ ހޯދާ ދައުލަތުން ވައްކަން ކުރި މީހުންގެ މައްސަލަ އެކަމަށް ކަނޑައެޅިފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ބަލާނެ ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އެކަންކަން ބަލާނީ ކަމަށްވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
